އަނީލް ކަޕޫރުގެ އަންހެން ދަރިފުޅު ސޯނަމް ކަޕޫރު ދިވެހި ރާއްޖޭގައި

ބޮލީވުޑުގެ މަޝްހޫރު ބަތަލު އަނީލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރު، ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ސޯނަމް ރާއްޖެ އައިސްފައިވަނީ ކޮން ދުވަހެއްގައި ކަމެއް އެނގިފައި ނުވާއިރު، އޭނާ ފޭސްބުކުގައި ހިއްސާކުރި ފޮޓޯއެއްގައި ވަނީ “ހެލޯ ފްރޮމް މޯލްޑްސް” ލިޔެފައެވެ. އަދި އިންސްޓަގްރާމްގައި އޭނާ ހިއްސާ ކުރި ފޮޓޯއެއްގައި ވަނީ އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތިރަށުގައި ކަމަށް ބުނެފައެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާ ޗުއްޓީއަށް އައިސްފައިވަނީ ފިރިމީހާ، އާނަންދު އަހޫޖާއާއި ދަރިފުޅާއެކުއެވެ.

މިއީ ސޯނަމް ޗުއްޓީ ހޭދަކުރުމަށް މީގެ ކުރިން ވެސް އޭނާ ވަނީ ރާއްޖެ އައިސްފައެވެ.

ސޯނަމް އަށް މިއަހަރު 39 އަހަރު ފުރިފައިވާއިރު، އޭނާ ފިލްމު ކުޅެން ފަށާފައި ވަނީ  2007 ވަނަ އަހަރުއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ކުޅެފައިވަނީ “ސާވަރިޔާ” ފިލްމެވެ. 2018 ވަނަ އަހަރު ކައިވެނިކޮށް، އޭނާ ވަނީ ފިލްމުގެ މަސައްކަތުން ދުރުވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*