ކުރިއަށް އޮތް 20 ނުވަތަ 40 އަހަރު ތެރޭ ދިވެހިރާއްޖޭ ނޯންނާނެ ކަމަށް ނުވަތަ ކަނޑުގެ ފެނުގެ ތެރެއަށް ގިރާލައިގެން ދާނެކަމަށް ބުނެވޭ ވާހަކަތައް އެކިގޮތްގޮތަށް އަޑު އިވެއެވެ. ވަރަށްގިނަ ޓޫރިސްޓުންނާއި ދިމާވުމުން ރާއްޖެ އަޑިއަށް ދިއުމުގެ ކުރިން ދެކިލަން އައީ ކަމުގައި ބުނެއެވެ. ރާއްޖެ އަޑިއަށް ދާވާހަކަ އަކީ މާކެޓިންގ ސްޓްންޓެއްބާއެވެ. ؟ ނުވަތަ އެއީ ހަމަ ހަޤީޤަތުގައި ވެދާނެ ކަމެއްބާއެވެ.
ދިވެހިރާއްޖެ އަކީ ކަނޑުގެ ލޮނުގަނޑަށް ވުރެ 4 ފޫޓާއި 11 އިންޗި އުސް (1.5 މީޓަރު) ރަށްތަކެއްގެ މައްޗަށް ބިނާވާ ޤައުމެކެވެ. ކަނޑުގެ ލޮނުގަނޑު އުފުލިއްޖެ ނަމަ އެންމެ ބޮޑަށް އަސަރުކުރާނެ ކަމަށް އަދި ނުރައްކަލާ ކުރިމަތިލާން ޖެހޭނެކަމަށް ލިސްޓް ކުރެވިފައިވާ ޤައުމުތަކަކީ:
- ޗައިނާ
- ބަނގްލަދޭޝް
- އިންޑިޔާ
- މިސުރު
- ނެދަލެންޑް ( ހޮލެންޑް)
- ނިއުޒީލޭންޑް
- ބްރެޒިލް
- އެމެރިކާ
- ފިޖީ
- ޓޮންގާ
ކަނޑުގެ ލޮނުގަނޑު އުފުލެނީ ކިހިނެތް ؟
ކަނޑުގެ ލޮނުގަނޑު އުފުލެނީ އެތައް ދުވަސްތަކަކުން މިލިމީޓަރަކަށް އުފުލެމުން އުފުލެމުން ގޮހެވެ. ދިވެހިރާއްޖޭގެ ރަށްތަތަކީ ގުދުރަތީގޮތުން، ކަނޑުން ވެލި އަރައިގެން އުފެދިފައިވާ ރަށްތަތަކަށް ވީއިރު ކަނޑުގެ ލޮނުގަނޑު ބޮޑުވާ މިލިމީޓަރާއި އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑުކޮށް ރަށުގެ ގޮނޑުދޮށަށް ވެލި އައިސް ރަށްދަނީ އުފުލެމުންނެވެ. މިކަން މިގޮތަށް ނުވާނީ މާލެ ގޮތަށް ކަނޑު ތޮށިޖަހާ ގުދުރަތީ ގޮތުން ވެލިން ރަށުގެ ގޮނޑުދޮށް އުފުލި ހިމާޔަތްވާނޭ ނިޒާމް ނައްތާލާފައިވާ ރަށްރަށުގައެވެ.
Leave a Reply