ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލް ބަލިކޮށް ޕީއެސްޖީން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ކިޔާލާ.ކޮމް

ހަންގޭރީގެ ބުޑަޕެސްޓްގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި، ޕެނަލްޓީ ޖަހައިގެން 4-3 އިން އާސެނަލް ބަލިކޮށް، ޕީއެސްޖީން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ.

ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ޕީއެސްޖީން ކުރިހޯދީ އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް މަގަލްހޭސް އޭނާގެ ޓީމަށް ލިބުނު އެންމެ ފަހު ޕެނަލްޓީ ގޯލާ އަމާޒުނުވެ ބޭރަށް ފޮނުވާލުމުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގެ ތެރެއިން އާސެނަލްގެ އެބެރެޗީ އެޒޭ ފޮނުވާލި ސްޕޮޓް ކިކް ނާކާމިޔާބުވި ނަމަވެސް، އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރަޔާ ވަނީ ޕީއެސްޖީގެ ނޫނޯ މެންޑޭސް ފޮނުވާލި ޕެނަލްޓީ ދިފާއުކޮށް، އާސެނަލް އަށް އުންމީދެއް ހޯދައިދީފައެވެ.

ޕީއެސްޖީގެ ފަރާތުން އެންމެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ލޫކަސް ބެރަލްޑޯއެވެ. އޭނާގެ ޕެނަލްޓީއާއެކު ޕީއެސްޖީ ކުރީގައި އޮތުމުން، އާސެނަލް މެޗުގައި ބޭއްވުމަށް ގެބްރިއަލް މަގަލްހޭސް އަށް ޕެނަލްޓީ ކާމިޔާބުކުރުން މަޖުބޫރުވިއެވެ. ނަމަވެސް ގެބްރިއަލް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިއުމާއެކު، ޕުސްކާސް އެރީނާގައި ތިބި ޕީއެސްޖީގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ބޮޑު އުފާފާޅުކުރުމެއް ފަށާފައެވެ.

މިއީ ޕީއެސްޖީން ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ދިފާއުކުރި ތާރީޚީ ކާމިޔާބީއެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*