ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، ފީފާ ވޯލްޑް ކަޕް 2026 ގެ ރަސްމީ ލަވަ “ޑީއެންއޭ” (DNA) މިއަދު ރަސްމީކޮށް ރިލީޒްކޮށްފިއެވެ. މި ލަވައަކީ ކުރިއަށް އޮތް މުބާރާތުގެ ފޯރިގަދަ އަޑުތަކާއި، އެއްބައިވަންތަކަމުގެ ރޫހު މުޅި ދުނިޔެއަށް އިއްވައިދޭނެ މިއުޒިކަލް މޮމެންޓެކެވެ.
“ޑީއެންއޭ” އުފައްދާފައިވަނީ ދުނިޔޭގެ ނުފޫޒުގަދަ އަދި މަޝްހޫރު ފަންނާނުންތަކެއް ގުޅިގެންނެވެ. މީގެ ތެރޭގައި ލެޖެންޑަރީ ޓެނަރ މެސްޓްރޯ އެންޑްރިއާ ބޮސެލީ، މަޝްހޫރު ޑީޖޭ އަދި ޕްރޮޑިއުސަރު ޑޭވިޑް ގުއެޓާ، ތިން ފަހަރު ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ސުޕަސްޓާ މެގަން ތީ ސްޓޭލިއަން އަދި އެކެޑެމީ އެވޯޑާއި ގްރެމީ ހާސިލްކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ އީޖޭއޭ (EJEAE) ހިމެނެއެވެ.
މި އެންތެމްގައި ކްލާސިކަލް ވޯކަލްސް އާއި ޒަމާނީ މިއުޒިކީ ފަންނުވެރިކަން އަދި އިލެކްޓްރޯނިކް ޕްރޮޑަކްޝަން ވަނީ ވަރަށް ފުރިހަމައަށް އެއްކޮށްލާފައެވެ. މިއީ ހަމައެކަނި މެޗަކަށްވުރެ ބޮޑަށް، ފުޓްބޯޅައިގެ ތެރޭގައި އޮންނަ އައިޑެންޓިޓީއާއި، އެއްބައިވަންތަކަމާއި، ނިސްބަތްވުމުގެ އިހުސާސް ދައްކުވައިދޭ ލަވައެކެވެ.
މި ލަވައާ ގުޅޭގޮތުން އެންޑްރިއާ ބޮސެލީ ބުނީ “ޑީއެންއޭ” މި ސުރުޚީން އެކަނިވެސް ހުރިހާ އެއްޗެއް ބުނެދޭ ކަމަށެވެ. “ފުޓްބޯޅައަކީ އަހަރެންގެ ހަޔާތުގައި އޮތްތާ ހަނދާން ހުރިހާ ދުވަހަކު، އަދި އަބަދުވެސް އަހަރެންގެ ހިތުގައި ވަރަށް ހާއްސަ ޖާގައެއް އޮންނަ ކުޅިވަރެއް،” ބޮސެލީ ބުންޏެވެ.
މި ލަވަ ފުރަތަމަ ފަހަރަށް ލަވްކޮށް ހުށަހަޅައިދޭނީ ޖޫން 11 ވާ ބުރާސްފަތި ދުވަހު މެކްސިކޯ ސިޓީގައި ބާއްވާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މި ހުށަހެޅުމުގައި އެންޑްރިއާ ބޮސެލީ އާއި އީޖޭއޭ ބައިވެރިވާނެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ތާރީޚީ މުބާރާތެކެވެ. މިއީ ތިން ގައުމެއްގައި (ކެނެޑާ، މެކްސިކޯ އަދި އެމެރިކާ)، 16 ހޯސްޓް ސިޓީއެއްގައި 48 ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. “ޑީއެންއޭ” އިން ރަމްޒުކޮށްދެނީ މި ބޮޑު މުބާރާތުގެ ޖަޒުބާތީ ރޫހާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުން ގުޅުވައިދޭ ގުޅުމެވެ.
“ޑީއެންއޭ” މިހާރު ހުރިހާ މިއުޒިކް ސްޓްރީމިން ޕްލެޓްފޯމްތަކަކުން ލިބެން ހުންނާނެއެވެ. ފީފާއިން އިލްތިމާސްކުރަނީ ހުރިހާ ސަޕޯޓަރުންވެސް މި ލަވައާއެކު ވޯލްޑް ކަޕް 2026 ގެ ފޯރީގައި ބައިވެރިވުމަށެވެ.
Leave a Reply