2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިރާގާއި ސެނެގާލް ބައްދަލުކުރި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސެނެގާލް ކާމިޔާބުކޮށްފިއެވެ. މި ނަތީޖާއާއެކު، ކުޅުނު ތިން މެޗުންވެސް ބަލިވެ، އެންމެ ޕޮއިންޓެއްވެސް ނުލިބި އިރާގު ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.
ހުކުރު ދުވަހު ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ސެނެގާލްގެ ހަބީބް ދިޔާރާ ވަނީ ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފައެވެ. އިރާގަށް އިތުރު މައްސަލަތަކާ ކުރިމަތިވީ މެޗުގެ 10 ވަނަ މިނެޓުގައި އެޓީމުގެ ރެބިން ސުލާކާއަށް ރަތްކާޑު ދެއްކުމާ ގުޅިގެންނެވެ. މީގެ އިތުރުން، އެޓީމުގެ ކީޕަރު އަހުމަދު ބާސިލްއަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުމަކީވެސް އިރާގަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
މެޗުގެ ދެވަނަ ހާފުގައި ސެނެގާލުން ވަނީ އިތުރު ހަތަރު ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލާ ސާރާއި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕޭޕޭ ގުއޭ (ދެ ގޯލް) އަދި އެލްމަން ންޑިއޭ އެވެ.
ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް، މި މޮޅާއެކު ސެނެގާލުން ވަނީ ގްރޫޕްތަކުގެ ތިންވަނައަށްދާ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފައެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ފްރާންސް އިން ވަނީ 4-1 އިން ނޯވޭ ބަލިކޮށްފައެވެ.
ތިން މެޗުން ބަލިވެ، އެއްވެސް ޕޮއިންޓެއް ނުލިބި އިރާގު މުބާރާތުން ވަކިވިއިރު، މިއީ އެޓީމަށް މިފަހަރުގެ ވޯލްޑް ކަޕްގައި ކުރިމަތިވި ވަރަށް ހިތްދަތި ނަތީޖާއެކެވެ .
Leave a Reply