ދިވެހި ސަގާފީ މިއުޒިކްގެ ދާއިރާގައި ފާހަގަކޮށްލެވޭ މަގުބޫލުކަމެއް ހޯދާފައިވާ “އެންދެރި” ބޮޑުބެރު ގުރޫޕުގެ މުޅިން އައު ލަވަ “ރަންދާމުޅާ” ގެ ޓްރެއިލާ ރަސްމީކޮށް އާންމުންނަށް ދޫކޮށްލައިފިއެވެ.
މިހާރު ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ބޮޑުބެރު ގުރޫޕުގެ ގޮތުގައި ފާހަގަކުރެވޭ އެންދެރި ގުރޫޕުން ވަނީ މީގެ ކުރިންވެސް އާންމުން ބަލައިގަތް ފެންވަރުީ ގިނަ ލަވަތަކެއް ނެރެފައެވެ. އޭގެ ތެރޭގައި “މަޑުމަޑުން ނޯވެ އެންދެރި” އަދި “އެންދެރި ލަވަ ޗެއިން” ފަދަ ހިތްގައިމު ލަވަތައް ހިމެނެއެވެ.
އެންދެރި ބޮޑުބެރު ގުރޫޕުން މައުލޫމާތު ދޭ ގޮތުގައި، މި ފަހަރު މި ނެރޭ “ރަންދާމުޅާ” އަކީ އެ ގުރޫޕުގެ ސަޕޯޓަރުންނަށް ގެނެސްދޭ މުޅިން ތަފާތު، ފޯރިގަދަ މަސައްކަތެކެވެ. މިހާރު އާންމުކޮށްފައިވާ ޓްރެއިލާ އިންވެސް މި ލަވައިގެ ފޯރިގަދަކަމާއި ފެންވަރު ރަނގަޅުކަން ހާމަވެގެންދެއެވެ.
މި ލަވައަކީ ދިވެހި ބޮޑުބެރުގެ އަސްލު ނުގެއްލޭނޭހެން، ޒަމާނީ ރަހަތަކާއެކު ތައްޔާރުކޮށްފައިވާ ލަވައެއް ކަމަށް އެ ގުރޫޕުން ބުނެއެވެ. “ރަންދާމުޅާ” ގެ ފުރިހަމަ ލަވަ ވަރަށް އަވަހަށް އާންމުންނަށް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
އެންދެރި ބޮޑުބެރު ގުރޫޕަކީ ދިވެހި ސަގާފީ މިއުޒިކް ދިރުވައި އާލާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ، ޒުވާން ހުނަރުވެރިންތަކެއް ހިމެނޭ ގުރޫޕެކެވެ. މި އައު ލަވައާއެކު އެ ގުރޫޕުގެ މަގުބޫލުކަން އިތުރަށް އުފުލިގެންދާނެ ކަމަށް ސަޕޯޓަރުން އުއްމީދު ކުރެއެވެ.

Leave a Reply