ރޭދަންވަރު ހޭލެވުނީ މަގުމަތީ ދެމީހަކު ހަޅޭލަވައިގެން އަޑަށެވެ. އަވަސް އަވަށް ތިރިއަށް އައިސް ބެލިއިރު ދެމީހުންވެސް ތިބީ މަސްތުގެ ހާލުގައި ކަން އެނގެއެވެ. ޒުވާބުން ދޭހަވަނީވެސް މަސްތުވާތަކެތީގެ މައްސަލައެއް ޖެހިގެން އުޅޭކަމެވެ. މަސްތުގެ ހާލުގައި މަގުތަކުގައި އުޅޭމީހުން އަނެއްކާވެސް ކުއްލިއަކަށް ގިނަވެއްޖެއެވެ. ކުށުގެވެއްޓަކަށް އިތުރުވެ ނާމާންކަން ވަނީ އިތުރވާން ފަށާފައެވެ. މިކަމަށް ދިވެހި ފުލުހުންވެސް ވަނީ އެއްބަސްވެފައެވެ.
ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!” މި ސުރުހީގައި ލިޔެފައިވާ ރިޕޯޓެއް ފުލުހުންގެ މީޑިއާ ވަޓްސް އެޕް ގްރޫޕުގައި ހިއްސާ ކުރެއްވުމަށް ފަހު، ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެއީ ހިތި ހަގީގަތް ކަމަށް ފުލުހުން ގަބޫލު ކުރާ ކަމަށެވެ
އޭނާ ވިދާޅުވި ގޮތުގައި، ކުށްކުރުން އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުމެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަށް ވިދާޅުވެފައިވެއެވެ.
ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވައްކަމުގެ 285 މައްސަލަ އައި މިދިޔަ މެއި މަހު ވައްކަމުގެ 244 މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވެއެވެ.
ޔޫސުފް ޔޫޝަޢު އަކީ ނޫސްވެރިކަމާއި ލިއުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ފަރާތެކެވެ. މިގޮތުން ޔޫސުފް ޔޫޝައު ނެރެފައިވާ ފޮތް “ހެޔޮވެރިކަމެއްގެ ނިމުން” މިފޮތަކީ ސިޔާސީ ގޮތުން ފާހަގަ ކޮށްލެވޭ ފޮތެކެވެ.
Leave a Reply