ފީފާ ވޯލްޑް ކަޕް 2026: ޕޯޗުގަލް ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލަށް، ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއާ ނިންމާލާފި

ކިޔާލާ.ކޮމް

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި އެއްދުވަހުން އަނެއްދުވަހަށް ގަދަވަމުން އަންނައިރު، މުބާރާތުގެ ރައުންޑް އޮފް 16 ގެ ތިންވަނަ މެޗަކީ ފުޓުބޯޅަ ސަޕޯޓަރުންނަށް ވަރަށް ޚާއްޞަ، އަދި އެހާމެ ހިތާމަވެރި ރެއަކަށް ވެގެންގޮސްފިއެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ދެ ބާރު ކަމަށްވާ ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި މި ފޯރިގަދަ މެޗުން 1-0 އިން މޮޅުވެ ސްޕެއިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، މިއީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިގެންދިޔަ ފަހު މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ސްޕެއިންގެ ފަރާތުން ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ޕޯޗުގަލްއިންވެސް ވަނީ ސްޕެއިންގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފަށް ދެ ޓީމުން ނުކުތީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ވަރުގަދަ އަޒުމަކާއެކުގައެ

ކިޔާލާ.ކޮމް

ވެ. މުޅި މެޗުގެ ކުޅުން ނިމި، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓުގެ ތެރޭގައި ސްޕެއިންއިން ވަނީ މެޗުގެ އޮއިވަރު ބަދަލުކޮށްލާފައެވެ. ޖާޒީ ނަންބަރު 6، އެމް. މެރީނޯ ކާމިޔާބުކޮށްދިން ރީތި ލަނޑާއެކު ސްޕެއިން މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ ޕޯޗުގަލްގެ ސަޕޯޓަރުންނަށް ވަރަށް ހިތްދަތި މެޗެކެވެ. ސަބަބަކީ މި ބައްޔާއެކު ޕޯޗުގަލް މުބާރާތުން ވަކިވާން ޖެހުމުގެ އިތުރުން، އެ ގައުމުގެ ފުޓުބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރު މި މެޗަށްފަހު ނިމުމަކަށް އައުމެވެ. މިއީ ރޮނާލްޑޯ ކުޅުނު ބައިނަލްއަގުވާމީ ފަހު މެޗެވެ.

ކުއާޓާ ފައިނަލުގައި ސްޕެއިންއާ ވާދަކުރާނެ ޓީމެއް އެނގިގެންދާނީ ރާއްޖެ ގަޑިން ފަތިހު 5:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫ.އެސް.އޭ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗަށް ފަހުގައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*