މާލޭ ސިޓީ ކައުންސިލުން ވަނީ މޫސުން ގޯސްވުމުން މާލޭގެ ބައެއް ހިސާބުތައް ކަނޑުގެ ތެރެއަށް ފޭބުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ފެންބޮޑުވާ ވަކިވަކި މަގުތައް ރަނގަޅު ކުރަން ނިންމައި، އެފަދަ އެއް މަގެއްގެ މަސައްކަތް ފަށާފަ އެވެ.
އެންމެ ފުރަތަމަ މަރާމާތު ކުރަން ނިންމާފައިވާ މަގަކީ ފަލާހު ޕްރީ ސްކޫލް ހުންނަ މާފަންނު ވޯޑުގައި ހުންނަ އިއްޒުއްދީން މަގުންނެވެ. މަގަށް ކައުންސިލުން ނިންމި ނިންމުމަކީ މަގުން ތާރު އަޅާ ހުރިހާ ހިލަތަކެއް ނަގައި، މަގު އެއްވަރު ކުރުމަށްފަހު އަލުން ތަރުތީބު ކުރުމެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ގުޅިގެން މާލޭގައި ފެންބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމުގެ މަޝްރޫއެއް ވެސް މެއި މަހުގެ 9 ވަނަ ދުވަހު އިފްތިތާހުކޮށްފިއިވެއެވެ.
އޭރު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުތުހާލިބު ވިދާޅުވީ މި މަޝްރޫއަކީ ޒަމާނީ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މައްސަލައަށް ވަގުތީ ގޮތުން ހައްލެއް ގެނައުމެއް ކަމަށެވެ.
“ވާރޭގެ ސަބަބުން ފެންބޮޑުވާއިރު އެމްއެންޑީއެފް [މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް] ވަރަށް ބުރަކޮށް މަސައްކަތް ކުރަނީ. އެމީހުންނަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެގޮތުން އެންމެ ބޮޑަށް އަސަރުކުރާ ސަރަހައްދަކީ މިތާ [ވެސްޓް ޕާކް ސަރަހައްދު]. އެއީ މި ސަރަހައްދުގެ މަގުތައް ހަދާ ގޮތުގެ ސަބަބުން.”.
މިދިޔަ ޑިސެމްބަރު މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ވަޑައިގެންނެވި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ޗައިނާއިން ހުށަހަޅާ 130 މިލިއަން ޑޮލަރުގެ އެހީ ބޭނުންކޮށްގެން މާލޭގައި މަގު ހެދުމުގައި އިސްކަންދޭނެ ކަމަށް ފާހަގަކުރައްވާފައެވެ.
ފޮޓޯޕީއެސްއެމް
Leave a Reply