ކޮންމެ އިންސާނަކީ ވެސް މި ދުނިޔަވީ ޙަޔާތުގައި ތަފާތު އިމްތިޙާނުތަކަކާ ކުރިމަތިލާންޖެހޭނެ ފަރާތެކެވެ. ބައެއް މީހުންނަށް މި އިމްތިޙާނުތައް ކުރިމަތިވަނީ އުމުރުގެ ފަހުކޮޅުގައި ކަމަށް ވިޔަސް، އަނެއް ބަޔަކަށް މި އުނދަގޫ ދަތުރު ފެށެނީ އުމުރުގެ އެންމެ ތުއްތު ދުވަސްވަރުގައެވެ. އުމުރުން އެންމެ 11 އަހަރުގެ ލުހުޔާ އަކީ މިއަދު އަޅުގަނޑުމެންގެ އޯގާތެރިކަމާއި އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ކުއްޖެކެވެ. އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމަކާ އެކު ދުނިޔެއަށް އުފަންވި ނަމަވެސް، ލުހުޔާގެ ކިބައިން ފެންނަނީ ހައިރާންކުރުވަނިވި ހިތްވަރެކެވެ.
ލުހުޔާގެ ހަޔާތް ފެށުނީވެސް އޮޕަރޭޝަން ތިއޭޓަރުގެ ތެރެއިންނެވެ. އުފަންވިތާ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ބޮޑެތި ސާރޖަރީތަކެއް ކުރެވުނު ނަމަވެސް، އޭނާގެ ހާލަތަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ. މިހާރު ލުހުޔާ ހޭދަކުރަމުން ދަނީ ނުހަނު ވޭނީ ދިރިއުޅުމެކެވެ. އޭނާ ތަހައްމަލު ކުރަމުންދާ ބަލީގެ ސަބަބުން އަގައިން ނަޖިސް ބޭރުވުން ފަދަ ބަޔާންކުރަންދަތި އުނދަގޫ ކަންތައްތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި ބަލިހާލަތުގެ ސަބަބުން ލުހުޔާ ވަނީ އަރާމު ނިދިން މަހުރޫމް ވެފައެވެ. ނިދުމަކީ އަޅުގަނޑުމެން ކޮންމެ މީހަކަށް ލިބޭ ހިތްހަމަޖެހުމެއް ކަމުގައި ވިޔަސް، ލުހުޔާއަށް ރޭގަނޑުގެ ވަގުތުތަކަކީ އިންތިހާ ވޭނެއް ތަހައްމަލު ކުރަންޖެހޭ ވަގުތުތަކެކެވެ.ލުހުޔާގެ މޫނުމަތިން އަބަދުވެސް ފެންނަނީ އުޖާލާ ހިނިތުންވުމެކެވެ. އޭނާއާ ބައްދަލުވާ ކޮންމެ މީހަކާވެސް ވާހަކަދައްކަނީ ނުހަނު ލޯތްބާއި ގާތްކަމާ އެކުގައެވެ. އަމިއްލަ ހަށިގަނޑުގައި ހުރި އުނިކަންތައްތަކަށްވުރެ، އޭނާގެ ހިތްވަރުގަދަކަން މާ ބޮޑެވެ. ނަމަވެސް، މި ފެންނަ ހިނިތުންވުމުގެ ފަހަތުގައި ވަނީ ދުވަހަކަށްފަހު ދުވަހެއް ގޯސްވަމުންދާ ބަލިހާލަތުގެ ހިތްދަތިކަމެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ލުހުޔާގެ ނޭފަތުގެ އޮޕަރޭޝަނެއް ކޮށްފައިވާއިރު، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެހެން އޮޕަރޭޝަނެއް ކުރުމަށް އޭނާ ދަނީ ތައްޔާރުވަމުންނެވެ.
ބަލި ހާލަތު ހުރިގޮތުން ލުހުޔާއަށް ސްކޫލަށް ގޮސް އުޅުމަކީ މިއަދު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ކިޔެވުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން، ބަލި އެނދުގައި އޮވެގެންވެސް އޭނާ ދަނީ އޮންލައިންކޮށް ފިލާވަޅުތައް އުނގެނެމުންނެވެ. މިއީ އުމުރުން އެހެން ކުދިންނަށް ހުރި ނަމޫނާހުރި ހިތްވަރެކެވެ.
ލުހްޔާގެ މި ވޭނީ ދިރިއުޅުމަށް ލުޔެއް ހޯދައިދިނުމަށްޓަކައި މުޅި މުޖުތަމައުގެ ދީލަތި އެހީތެރިކަން މިއަދު އިންތިހާއަށް ބޭނުންވެއެވެ. މުސްލިމް އަޚުންނަށް އެހީތެރިވުމުގެ މަތިވެރިކަމާ ގުޅޭގޮތުން ކައު އިތުރު ރަސޫލާ ﷺ ޙަދީޘްފުޅެއްގައިވެއެވެ. މާނައީ: ”އަޅާ، އޭނާގެ (މުސްލިމް) އަޚާއަށް އެހީތެރިވުމުގެ މަތީގައި ދެމިހުރިހާ ހިނދަކު، ﷲ އެ އަޅާއަށް އެހީތެރިވެވޮޑިގަތުމުގައި ވެއެވެ.“ މި ހަދީޘްފުޅުން އެނގެނީ އަޅުގަނޑުމެން އެހީއަށް އެދެންޖެހޭ އެންމެ އިސް ފަރާތަކީ ﷲ ކަމާއި، އެކަލާނގެ އެހީތެރިކަން ހޯދުމަށްޓަކައި އެހެން މީހުންނަށް އެހީތެރިވުމަކީ ވަރަށް މަތިވެރި ސަވާބާއި ދަރުމަ ހުރި ކަމެއް ކަމެވެލުހުޔާގެ މުސްތަގުބަލަށްޓަކައި، އަދި އެ ތުއްތު ހަށިގަނޑަށް ލިބެމުންދާ ވޭނަށް ލުޔެއް ހޯދައިދިނުމަށްޓަކައި މާލީ ގޮތުންނާއި ހެޔޮ ދުއާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް އިންސާނީ އަދި ދީނީ ވާޖިބެކެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް:
BML (MVR): 7715505470101
BML (USD): 7730000739534
އެކައުންޓް ނަން: Mariyam Avleen Waheed (ލުހްޔާގެ މަންމަ)
އަޅުގަނޑުމެންގެ ކުޑަކުޑަ އެހީތެރިކަމަކީ ލުހްޔާގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދީ، އޭނާގެ ވޭނީ ދިރިއުޅުމަށް އުންމީދުގެ އާ އައްޔެއް ލިބިގެންދާނެ ކަމެކެވެ. ހެޔޮ ހިތުން ލުހްޔާއަށް އެހީވަމާ ހިނގާށެ

Leave a Reply