ރާއްޖޭގެ މިއުޒިކީ ދާއިރާގައި، ހާއްސަކޮށް ހިޕްހޮޕް މިއުޒިކަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ “ސިމްބޮލިކް ރިކޯޑްސް” ގެ މުޅިން އައު ލަވަ “ވާނަމަ އިރާދާގަ” މިރޭ ރަސްމީކޮށް ރިލީޒްކޮށްފިއެވެ.
ސިމްބޮލިކް ރިކޯޑްސް އަކީ ދިވެހި މުޖުތަމައުގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދައި، ކާމިޔާބު އެތައް ލަވަތަކެއް ފޭނުންނަށް ގެނެސްދީފައިވާ ފާހަގަކޮށްލެވޭ ލޭބަލެކެވެ. މިގޮތުން 5 ސެޕްޓެމްބަރު 2026 (ހޮނިހިރު) ދުވަހުގެ ރޭ އާންމުންނަށް ދޫކޮށްލި “ވާނަމަ އިރާދާގަ” މި ލަވަޔަކީ ލޯބީގެ ފުން އިހުސާސްތަކެއް އެކުލެވިގެންވާ ރީތި ލަވައެކެވެ.
މި ލަވަ ރިލީޒްކުރުމުގެ އެއް ދުވަސް ކުރިން ދޫކޮށްލި ޓީޒާ/ޓްރެއިލާއާއެކު ބެލުންތެރިންނާއި ސަޕޯޓަރުން ތިބީ މި ލަވަ ބަލައިލުމަށް ކެތްމަދުވެފައެވެ. ސިމްބޮލިކް ރިކޯޑްސް އިން މިރޭ މިވަނީ ފޭނުން ކުރަމުން އައި އިންތިޒާރަށް ނިމުމެއް ގެނެސްދީ، އެ އުންމީދުތައް ހަގީގަތަކަށް ހަދައިދީފައެވެ.
މި ލަވައަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ލަވަ ރިލީޒްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އެއްހާހަށް ވުރެ ގިނަ (1K) މީހުން މި ލަވަ ބަލާފައެވެ. އަދި ގިނަ ބަޔަކު އަންނަނީ މި ލަވައަށް ސޯޝަލް މީޑިއާގައި ތައުރީފު ކުރަމުންނެވެ.
ޔޫޓިޔުބް ލިންކް : https://www.youtube.com/watch?v=hCdRpjs23UE

Leave a Reply