ބޯކޮށް ވާރޭވެހި އެތައް ބަޔަކު މަރުވެއްޖެ!

A storm that brought heavy rainfall to eastern Afghanistan killed at least 35 people. (Photo/Reuters)

ހޯމަ ދުވަހު އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް ވަރަށް ބޮޑަށް ވާރޭވެހި، މަދުވެގެން 35 މީހުން މަރުވެއްޖެކަމަށް ޠާލިބާނުގެ އޮފިޝަލެއް ބުނެފިއެވެ. ނަންގަރުހާރު ޕްރޮވިންސްގެ އިންފޮމޭޝަން އެންޑް ކަލްޗަރ ޑިޕާޓްމަންޓުގެ ޕްރޮވިންޝަލް ޑިރެކްޓަރ ސަދީޤުއްލާ ޤުރައިޝީ ބުނިގޮތުގައި އެތައް ބައެއް ވަނީ ޒަޚަމްވެފައެވެ.

މަރުވި މީހުންގެ ތެރޭގައި ސުރުޚް ރޯޑް ޑިސްޓްރިކްޓުގައި އެއް ޢާއިލާއެއްގެ 5 މެންބަރުން ހިމެނެއެވެ. އެމީހުން މަރުވީ އެމީހުންގެ ގޭގެ ފުރާޅު ވެއްޓިގެންނެވެ. އަދި އެ ޢާއިލާގެ އިތުރު 4 މެންބަރުން ވަނީ ޒަޚަމްވެފައެވެ.

މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށާއި، މޫސުން ގޯސްވުމުގެ ސަބަބުން ޕްރޮވިންސްގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ މުދަލާއި ދަނޑުބިންތަކަށް ގެއްލުން ލިބިފައިވާކަމަށް އޭނާ ބުނިއެވެ.

މީގެ ކުރިން، ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައިވަނީ އަފްޣާނިސްތާނުގައި އާދަޔާ ޚިލާފަށް ބޮޑަށް ވެހުނު ވާރޭގެ ސަބަބުން 300 އަށްވުރެ ގިނަ މީހުން މަރުވެ، ހާހުން ގުނާލެވޭ ވަރަށް ގެދޮރު ހަލާކުވެފައިވާ ކަމަށެވެ. މިކަން ހިނގީ މައިގަނޑު ގޮތެއްގައި އުތުރުގެ ބަޣްލާން ޕްރޮވިންސްގައި މެއި 10 އާއި 11 ގައެވެ.

ދިރިއުޅުމަށް ބޭނުންވާ އެއްވެސް އެއްޗެއް ނެތި، ގެދޮރާއި ބިމާއި އާމްދަނީ ހޯދާނެ ގޮތެއް ނެތި މީހުން ވަނީ ދޫކޮށްލެވިފައިކަމަށް ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައިވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*