މި ފަހުން މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ވަނީ ގިނަވެފަ އެވެ. އެ އަމަލްތައް ހިންގަނީ ގްރޫޕް ހަދައިގެން ކަން ވެސް ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން އެނގެ އެވެ.
ދާދި ފަހުން މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ޖުމްލަ 45،000ރ ވަނީ ފޭރިފައިވެއެވެ. އަދި މި ގެއަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ގެއެއް ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި އަދި 43 އަހަރުގެ ދިވެހި އަންހެނެކެވެ.
އޭގެ ތެރެއިން 26 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 60 ދުވަސް ދީފައި ވާއިރު، 35 އަހަރުގެ މީހާގެ ބަންދަށް ވަނީ 30 ދުވަސް ދީފަ އެވެ. ހައްޔަރުކުރި އަންހެން މީހާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން އޭނާ ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.
މި ހާދިސާ ހިނގައިފާވަނީ މއ. މަސްފަންގެ ނަމަކަށްކިޔާ ގޭގައެވެ. އެގެޔަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން ވެއްދުމަށް ފަހު ބިރުދައްކައި، ރެކޯޑް އޮތް ތަނެއްކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
Leave a Reply