ހަމާސްގެ ލީޑަރު އަވަހާރަކޮށްލައިފި

Ismail Haniyeh. (Photo)

ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ އީރާނުގައި މަރާލާފައިވާ ކަމަށް ހަމާސް އިން އާއި އީރާނުގެ އޮފިޝަލުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

ހަމާސް އިން ބުނީ އެ ޖަމާއަތުގެ ލީޑަރު އަވަހާރަކޮށްލާފައިވަނީ ތެހެރާނުގައި ހުންނަ އޭނާގެ ގެކޮޅަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ބުދަ ދުވަހުގެ ފަތިހު ކަމަށެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި  ބުނެފައިވާ ގޮތުގައި އުމުރުން 62 އަހަރުގެ ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ  އީރާނުގެ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ތެހެރާނުގައި ހުންނަ ހަނިއްޔާ ދިރިއުޅުއްވާ ގެކޮޅުގައި ހުންނަވަނިކޮށް ޣައްދާރު ޒަޔަނިއްޔާ ހިންގި ހިޔާނާތްތެރި ރޭޑެއްގައެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބަޔާނަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑުގެ ތެރެއިން އެކަކު އަވާހަރަކޮށްލާފައިވެއެވެ.

އީރާނުގެ ސަރުކާރުން ވަނީ އެ މަރާ ގުޅިގެން ދަނީ ތަހުގީގް ހިންގަމުންނެވެ. އަދި ވަރަށް އަވަހަށް ނަތީޖާ ނެރޭނެ ކަމަށް ބުނެފައިވެއެވެ.

ހަނީއްޔާ އާއި ހަމާސްގެ އެހެން ލީޑަރުން މަރާލާނެ ކަމަށް ވައުދުވެފައިވާ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލައިގާ ހަނިއްޔާގެ 3 ދަރިންނާއި އާއިލާގެ ވަރަށް ގާތް އަދި ފުޅާ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.

 

 

Be the first to comment

Leave a Reply

Your email address will not be published.


*