ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ފޮޓޯ މުބާރާތާތެއް ބާއްވަނީ

މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތާ ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖްއިން ބުނީ “އިސްލާމީ ރަމްޒުތަކުގެ ފޮޓޯ މުބާރާތް 1446” މިނަމުގައި، މުޅި ރާއްޖެއަށް ހުޅުވާލައިގެން 12 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފޮޓޯ ހުށަހަޅަން ބޭނުންކުރާނެ ލިންކް:

މި މުބާރާތު ގިންތިކޮށްފައި ވަނީ އުމުރުން 12-15އ، 16-30އ، އަދި 30 އަހަރުން މައްޗަށެވެ.

މި މުބާރާތުގައި ފޮޓޯ ބައިވެރި ކުރެވޭނީ ތިން ދާއިރާއަކުންނެވެ. އެއީ ދިވެހި އިސްލާމީ އަސާރުތަކާއި ބިނާތަކާއި، ދިވެހި އިސްލާމީ މުނާސަބަތުތަކާއި، ދިވެހި އިސްލާމީ ލިޔުންތަކާއި ފަރުމާ ކުރެހުންތަކަށެވެ.

ޕްރޮފެޝަނަލް ފޮޓޯގްރާފަރުން ނޫނަސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖްއިން ކުރައްވާފައި ވާ އިއުލާންގައި ވެއެވެ. މޯބައިލް ފޯނުން ނަންގަވާ ފޮޓޯ އެމުބާރާތުގައި ބައިވެރި ކުރާ ގޮތަށް ހަމަ ޖެހިފައިވެއެވެ.  އިއުލާންގައި ވާ ގޮތުން    މުޅި މުބާރާތުން އެއް ވަނަ ހޮވޭ މީހަކަށް ރިސޯޓް ދަތުރެއް ދޭނެއެވެ. އަދި ކޮންމެ ގިންތިއަކުން 1،2،3 ހޮވާ އެ މީހުންނަށް ހަނދާނީ ރަމްޒު އަރުވާނެއެވެ. އަދި ވަނަވަނައަށް ހޮވޭ ފޮޓޯތައް ގައުމީ ދާރުލް އާސާރުގައި ނުވަތަ އެ އޮފީހުން ކަނޑައަޅާ ތަނެއްގައި އެއް ހަފްތާއެއްގެ މުއްދަތަކަށް މައުރަޒު ކުރުމަށް ހަމަޖެހިފައި ވެއެވެ. އިޢުލާންގައިވާ ގޮތުން، މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ހޯދެއްވުމަށް ނަންބަރ 7947266ވައިބަރ/ވަޓްސްއެޕް ގުޅުއްވުމަށް އެދިފައިވެއެވެ.

މި މުބާރާތުގައި ބައިވެރިކުރާ ފޮޓޯ ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 5 ވަނަ ދުވަހުން އޮކްޓޯބަރު 10 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ. މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަހަކީ މާދާމައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*