މާލޭގައި އަލަށް މަރާމާތުކުރި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އަލުން ހުޅުވުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުއެވެ.
ރަސްމީކޮށް ހުޅުވުން ރޭ ބޭއްވި ނަމަވެސް ސެޕްޓެމްބަރު މަހުން ފެށިގެން އެ ސްކޫލުގައި އަންނަނީ ކްލާސްތައް ބާއްވަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ސީއެޗްއެސްއީއިން ވަނީ އެ ކުންފުނީގެ ކުރީގެ ހަނދާނީ ފްރޭމެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.
އަމީނިއްޔާ ސްކޫލުގެ ފަހަތުގައި ހުންނަ ސީއެޗްއެސްއީ އިމާރާތް ބޭނުންކުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހުއްޓާލާފައިވާއިރު، އެ ސްކޫލު ހުޅުމާލޭގެ ގޯތިތެރެއަށް ބަދަލުކުރި އެވެ.
ނަމަވެސް މާލޭގައި ސަރުކާރުން ހިންގާ މަތީ ސާނަވީ ތައުލީމުގެ މަރުކަޒެއް ނެތުމުގެ ސަބަބުން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން ފަހުން ނިންމީ މާލޭގައި ވެސް އެ އިމާރާތް މަރާމާތުކޮށް ބޭނުން ކުރަން ފެށުމަށެވެ.
މާލޭ ސީއެޗްއެސްއީގައި މިހާރު ވެސް 400 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ.
މާލޭ ސީއެޗްއެސްއީގެ ޕްރިންސިޕަލް އަބްދުالله ދީދީ ވިދާޅުވީ ސްކޫލް އަލުން ހުޅުވުމުން ދައްކުވައިދެނީ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ރައީސް ރިއާޔަތް ކުރެއްވިކަން ކަމަށެވެ.
ސީއެޗްއެސްއީގެ މާލެ އާއި ހުޅުމާލެ ބްރާންޗުން މިހާރު ސަރުކާރުން މަތީ ސާނަވީ ތައުލީމް ހާސިލް ކުރެ އެވެ.
Leave a Reply