ކިޔަވައިދިނުމުގައި ބައިވެރިވާން ބޭނުންވާ އޭލެވެލް ކިޔެވުން ފަށާ 135 ދަރިވަރަކަށް މިއަދު ވަނީ ސްކޮލަޝިޕް ދީފަ އެވެ.
ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މުދައްރިސުން ތަމްރީނުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީޢުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކޮށްދެއްވާފައެވެ. ކޮންމެ ސްކޫލަކުން ވެސް އެއް ދަރިވަރަކަށް އެވޯޑް ލިޔުން ލިބުނެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި ސްކޫލްތައް:
1- އިހަވަންދޫ ސްކޫލް
2- ޖަލާލުއްދީން ސްކޫލް، ކުޅުދުއްފުށި
3- މިލަންދޫ ސްކޫލް
4- ފޯކައިދޫ ސްކޫލް
5- ފުނަދޫ ސްކޫލް
6- މީނާ ސްކޫލް
7- ކެނދިކުޅުދޫ ސްކޫލް
8- ރ. އަތޮޅު ތައުލީމީ މަރުކަޒު
9- ތުޅާދޫ ސްކޫލް
10- ޅ. އަތޮޅު ތައުލީމީ މަރުކަޒު
11- ތޮއްޑޫ ސްކޫލް
12- އުކުޅަސް ސްކޫލް
13- ކެޔޮދޫ ސްކޫލް
14- ފ.އަތޮޅު ތަޢުލީމީ މަރުކަޒު
15- ދ. އަތޮޅު ތައުލީމީ މަރުކަޒު
16- ގއ.އަތޮޅު ތަޢުލީމީ މަރުކަޒު
17- އައްޑޫ ހައި ސްކޫލް
18- މާލޭ ސީއެޗްއެސްއީ
19- ހުޅުމާލެ ސީއެޗްއެސްއީ
20- ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
21- އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
މި ޕްރޮގްރާމުގެ ދަށުން ކިޔަވައިދިނުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ފައުންޑޭޝަނަލް ކޯހެއް ނިންމުމަށްފަހު ޓީޗިން ޑިގްރީ ފެށުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެ ޕްރޮގްރާމް ފަށާ ކޮންމެ ދަރިވަރަކަށް މަހަކު 1،500ރ. ދިނުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ގާތްގަނޑަކަށް 2،000 ޓީޗަރުންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.
Leave a Reply