
ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ:
1. ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
2. ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
3. މި މަޝްވަރާތައް ކުރީ ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅަކަށް ވާތީ ކަމަށެވެ.
މިހާރުވެސް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭ ގޮތްތައް:
1. ޓިކްޓޮކްގެ “ކްރިއޭޓާ ފަންޑުން” ވީޑިއޯތައް މަޝްހޫރުވާ ވަރަށް ބަލައިގެން، އެ މީހުން ބޭނުންވާ އުފެއްދުންތެރިންނަށް ފައިސާ ދިނުން.
2. ލައިވްތަކަށް އަރައިގެން އާމްދަނީ ހޯދުން.
ރާއްޖޭގައި ވެސް ބައެއް މީހުން މިހާރުވެސް ގެންދަނީ މި މަގުތަކުން އާމްދަނީ ހޯދަމުންނެވެ. އިކޮނޮމިކް މިނިސްޓްރީގެ މި މަސައްކަތުން ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
Leave a Reply