ކަނޑޫފާތައް މަރުވުމުން 2020-2021 ގައި 44،000 އަށްވުރެ ގިނަ ކަނޑޫގަސް ގެއްލިއްޖެ

ސެޕްޓެމްބަރު 2020 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ހދ. ވައިކަރަދޫ ކަނޑޫފަލުގައި ގިނަ އަދަދެއްގެ ގަސް މަރުވެފައިވާތަން: މި މައްސަލަ ރާއްޖެގެ ވަރަށް ގިނަ ކަނޑޫފާތަކަށް ވަނީ ދިމާވެފައި.

ކަނޑޫފާތައް މަރުވުމުގެ މައްސަލަ 2020 އަދި 2021 ގައި ކުރިމަތިވި އިރު 22.12 ހެކްޓަރުގެ ކަނޑޫފަލަށް އަސަރުކޮށް، 44،267 ކަނޑޫގަސް މަރުވެފައިވާ ކަމަށް އިންޑިއާގެ ކޮޗިން ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްއޭޓީ) އިން ހެދި ދިރާސާއިން ހާމަވެއްޖެއެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި:

1. ކަނޑޫފާތަކަކީ ގޮނޑުދޮށް ހިމާޔަތްކޮށްދޭ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރާ އަދި ޖައްވުން ކާބަން މަދުކުރުމުގައން މަދުކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ގަސްތަކެކެވެ.

2. މި މައްސަލައަކީ ރާއްޖޭގެ އިތުރުން ޖަޒީރާ އެހެން ރަށްތަކަށް ވެސް އޮތް ނުރައްކަލެކެވެ.

ދިރާސާގެ ތަފްސީލު:

– ސީޔޫއެސްއޭޓީގެ ހަތަރު މެމްބަރުންގެ ޓީމުގައި އިސްކޮށް ހުންނެވީ އެ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ، މައިކްރޯ ބަޔޮލޮޖީ އެންޑް ބަޔޯކެމިސްޓްރީ ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ. ބިޖޯއީ ނަންދާނެވެ.

– ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވެސް މި ދިރާސާގައި ބައިވެރިވިއެވެ.

– ކެލާ، ކުޅުދުއްފުށި، ކޭލަކުނު، ވައިކަރަދޫ، ނޭކުރެންދޫ، ގޮއިދޫ، ފޭދޫ އަދި ކެނދިކުޅުދޫގެ ކަނޑޫފާތަކުގެ ގަސްތަކާއި ސޫފިތަކާއި އަދި ސެޑިމެންޓް ސާމްޕަލްތައް ނެގުނެވެ.

މި ދިރާސާގެ ކުރިން ވެސް ރާއްޖޭން ސީޔޫއެސްއޭޓީ އަށް ސާމްޕަލްތަކެއް ފޮނުވައިގެން ބަލާފައިވެއެވެ. އެންމެ ފުރަތަމަ ބެލެވުނީ ގަސްތައް ބަލިކަށި ކޮށްލާ ފަންގަސްއެއް ބައެއް ކަނޑޫފާތަކުގައި އުޅޭ ކަމަށެވެ. އިންޑިއާގެ ޓީމު ރާއްޖެއަށް އައިސް ދިރާސާކުރަން ނިންމީ ސީދާ ސަބަބުކަން ޔަގީންކުރުމުގެ ގޮތުންނެވެ.

މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ ކަނޑޫފާތަކަށް ދިމާވެފައިވާ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށާއި އީކޯ ސިސްޓަމަށް ކުރާނެ އަސަރުތަކާމެދު ކަންބޮޑުވުން އުފެދިފައިވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*