ނ. ވެލިދޫގައި ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ މުބާރާތް” ގައި އިއްޔެ ކުޅުނު މެޗުން މާޅެންދޫ ވީ.ޓީގެ މައްޗަށް ކުރިހޯދައި، ފޮއްދޫ އެސް.ސީން ފަސޭހަ މޮޅެއް ހޯދައިފިއެވެ. ފޮއްދޫ އެސް.ސީން މި މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ފޮއްދޫ އެސް.ސީގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެގޮތުން 21 ޕޮއިންޓުގެ ބޮޑު ފަރަގަކާ އެކު 25-04 އިން މި ސެޓު ފޮއްދޫ އެސް.ސީ ކާމިޔާބުކުރިއެވެ.
ދެވަނަ ސެޓަށް ބަލާއިރު، މާޅެންދޫ ވީ.ޓީ އިން ކުޅުން ރަނގަޅުކުރަން މަސައްކަތް ކުރި ނަމަވެސް، ފޮއްދޫ އެސް.ސީން ވަނީ 18 ޕޮއިންޓުގެ ފަރަގަކާއެކު 25-07 އިން މި ސެޓުވެސް ގެންގޮސްފައެވެ.
މެޗުގެ ތިންވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފޮއްދޫ އެސް.ސީން ވަނީ ހަމަޖެހިލައިގެން ކުޅެ 25-04 އިން މި ސެޓުވެސް ކާމިޔާބުކޮށް މެޗު ނިންމާލާފައެވެ. މިއީ ފޮއްދޫ އެ.ސީ އަށް ފައިނަލް އަށް ދަތުރު ކޮއްފިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ “ކުއީން އޮފް ދަ މެޗް” އަކަށް ހޮވިފައިވަނީ ފޮއްދޫ އެސް.ސީގެ ޖާޒީ ނަންބަރު 14 ފާތިމަތު ރިޒްވީން އެވެ.

Leave a Reply