ނޯދަން އަޔަލެންޑުން ނިއު އައިރާގެ ކާރު ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފި

ބެލްފާސްޓް ޕޮލިސް ސްޓޭޝަނަށް ދިން ކާރު ބޮމުގެ ހަމަލާގެ ޒިންމާ ނިއު އައިރާ އިން އުފުލާފައިވާއިރު، ނޯދަން އަޔަލެންޑްގެ ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
ނޯދަން އަޔަލެންޑްގެ ފުލުހުން ބުނީ އިނގިރޭސިވިލާތުގެ ޓެރަރިޒަމް ގާނޫނުގެ ދަށުން 66 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ބެލްފާސްޓްގެ އިރުމަތީ އަދި ހުޅަނގު ސަރަހައްދުގައި އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުގައި ފަހަކަށް އައިސް ފިތުނަ ފަސާދަތައް ދަނީ އިތުރުވަމުންނެވެ.
ހޮނިހިރު ދުވަހު ހިނގި މި ބޮމުގެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އައިރިޝް ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ސްޓޭޝަނުން ނުކުމެގެން އަންނަ ފުލުހުން މަރާލަން ގަސްތުކުރި ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.
ނިއު އައިއާރްއޭ އިން އާންމު ގޮތެއްގައި އެ ހަމަލާތަކުގެ ޒިންމާ ނަގަނީ އެ ގައުމުގެ ނޫސްތަކަށް ކޯޑެޑް ބަޔާންތަކުންނެވެ.
އެސިސްޓެންޓް ޗީފް ކޮންސްޓަބަލް ޑޭވީ ބެކް ވިދާޅުވީ އެންމެ ފަހުން ދިން ހަމަލާއަކީ މުޖުތަމައު ހަމަނުޖެހުން އުފައްދައި ފުލުހުންނާއި މުވައްޒަފުންނަށް އަނިޔާ ނުވަތަ މަރާލުމުގެ ނިޔަތް އޮތް ކަމެއް ކަމަށެވެ
ނިއު އައިއާރްއޭ އަކީ އެ ރަށުގެ އުތުރުގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް ސުލްހައިގެ އެއްބަސްވުމާ ދެކޮޅު ހަތިޔާރު އެޅި މަދު ޖަމާއަތްތަކުގެ ތެރެއިން އެއް ޖަމާއަތެވެ.
ރިޕަބްލިކް އޮފް އަޔަލެންޑާ ގުޅުމަށް 1998 ވަނަ އަހަރު އެކުލަވާލި ގުޑް ފްރައިޑޭ އެގްރީމެންޓުގައި ހިމެނޭ ސިޔާސީ އެއްބަސްވުންތަކަށް އެ ޖަމާއަތުން ދެކޮޅު ހަދައެވެ.
އެ ޖަމާއަތުން ވަނީ މިދިޔަ މަހު ބެލްފާސްޓްގެ ޕޮލިސް ސްޓޭޝަނަކަށް ކާރު ބޮން ގޮއްވާލަން އުޅުމުގެ ފަހަތުގައި ވެސް އެ ޖަމާއަތުގެ އިސް ދައުރެއް އަދާކޮށްފަ އެވެ.
ފުލުހުން އެމީހުންގެ ގެތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ހަމަނުޖެހުން އިތުރުވާނެ ކަމެކެވެ. މީގެ 15 އަހަރު ކުރިން ނޯދަން އަޔަލެންޑުގައި މަރާލި އޮފިސަރު ކޮންސްޓަބަލް ރޮނަން ކެރް މަރުވީ އޭނާގެ ގޭގެ ބޭރުގައި އޭނާގެ ކާރުގެ ދަށުގައި ބޮމެއް ގޮއްވާލައިގެންނެވެ

Be the first to comment

Leave a Reply

Your email address will not be published.


*