ނ. ވެލިދޫގައި ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް” ގެ ފިރިހެން ޑިވިޜަންގެ ކުޅުން އަންނަ މޭ މަހުގެ 2 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަންގެ ކުޅުން ރޭ ނިންމާލާފައިވާއިރު، ފޯރިގަދަ ފައިނަލް މެޗަށްފަހު މިއަހަރުވެސް އަންހެން ޑިވިޜަންގެ ތަށި އުފުލާލާފައިވަނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ވެލިދޫގެ ވެލިދޫ އެސް.ސީ އެވެ.
މޭ މަހުގެ 2 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފިރިހެން ޑިވިޜަންގައި ޖުމްލަ 7 ޓީމެއް ވާދަކުރާނެއެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތަކަކީ:
- މަނަދޫ އެސް.ސީ
- މާޅެންދޫ ވީ.ޓީ
- މަގޫދޫ ވީ.ޓީ
- ހެނބަދޫ ވީ.ޓީ
- ފޮއްދޫ އެސް.ސީ
- ވެލިދޫ އެސް.ސީ
- ހޮޅުދޫ ވީ.ޓީ
“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް” ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަނަދޫ އެސް.ސީ އާއި މާޅެންދޫ ވީ.ޓީ އެވެ.
މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން، ފިރިހެން ޑިވިޜަންގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 8 ވަނަ ދުވަހުއެވެ. އަދި ގިނަ ބަޔަކު އިންތިޒާރުކުރާ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ މޭ މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ ” ވިޒިޓޤ ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް ބާވާ3 ވަނަ އަހަރެއެވެ

Leave a Reply