ލިވަޕޫލްގެ ކޯޗު ސްލޮޓް: ސަލާހަށް ބޮޑު ވަދާއީ ސަލާމެއް ހައްގު

އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބް ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ، މި ސީޒަން ނިމުމުގެ ކުރިން އޭނާ އަލުން ދަނޑަށް އެނބުރި އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

މި ސީޒަނަށްފަހު އެންފީލްޑް ދޫކޮށްލާނެ ކަމަށް ބެލެވޭ މިސްރުގެ ފޯވާޑް ސަލާހަށް އަނިޔާވީ، މިދިޔަ ހަފުތާގައި އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 3-1 އިން މޮޅުވި މެޗުގައެވެ. އެ މެޗުގައި އަނިޔާވެގެން ދަނޑުން ފައިބައިގެން ދިޔައިރު، ސަލާހް ވަނީ ސަޕޯޓަރުން އޭނާއަށް ކުރި އިހުތިރާމަށް ޝުކުރު އަދާކޮށް ތައުރީފުކޮށްފައެވެ.

އުމުރުން 33 އަހަރުގެ ސަލާހުގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ލިވަޕޫލުން ބުނީ، އޭނާގެ އަނިޔާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި އަލުން ކުޅުމަށް ނުކުންނާނެ ކަމަށެވެ. ކޯޗު ސްލޮޓް ބުނި ގޮތުގައި، އަންނަ އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހަށް ނުކުޅެވުނު ނަމަވެސް، ސީޒަނުގެ ފަހު މެޗުތަކުގައި އޭނާ ފެންނާނެ ކަމަށް އުއްމީދު ކުރެވެއެވެ.

“އޭނާގެ އަނިޔާ

ކުޑަކަމުން، އޭނާ އަހަރެމެންގެ ޓީމަށް ކުޅެން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި ބޮޑު ވަދާއީ ސަލާމެއް ކިޔަން ޖެހޭ ކުޅުންތެރިއަކު ހުރިނަމަ އެއީ ސަލާހް،” ސްލޮޓް ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު ސަލާހް ވަނީ ކޯޗު ސްލޮޓްއާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ. ނަމަވެސް، ސްލޮޓް ވަނީ ސަލާހް އެނބުރި އައުމުން ހައްލު ކުރަން ޖެހޭ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.

2017 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ފަހުން ސަލާހް ވަނީ އެ ކްލަބަށް ކުޅުނު 440 މެޗުގައި 257 ލަނޑު ޖަހައިދީފައެވެ. އޭނާ ހޯދުމަށް ސައޫދީ ޕްރޯ ލީގާއި އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގެ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލުން އަންނަނީ ޖެހިޖެހިގެން ތިން މެޗުން މޮޅުވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމުގެ އުއްމީދުގައި އާދީއްތަ ދުވަހުގެ މެޗަށް ތައްޔާރުވަމުންނެވެ

Be the first to comment

Leave a Reply

Your email address will not be published.


*