ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމަންޓް: މަނަދޫ އެސް.ސީ އަތުން މާޅެންދޫ ވީ.ޓީ ފަސޭހަ މޮޅެއް

visit velidhdhoo volleyball tournament 2026

ނ. ވެލިދޫ: “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް” ގެ ފިރިހެން ޑިވިޜަންގެ ކުޅުން މިއަދު ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މަނަދޫ އެސް.ސީ އާ ވާދަކޮށް މާޅެންދޫ ވީ.ޓީން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ވެލިދޫގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗު މާޅެންދޫ ވީ.ޓީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މާޅެންދޫ ވީ.ޓީން ވަނީ 11 ޕޮއިންޓުގެ ބޮޑު ތަފާތަކުން މި ސެޓު ކާމިޔާބުކޮށްފައެވެ. އެއީ 25-14 އިންނެވެ.

ދެވަނަ ސެޓަށް ދެ ޓީމުން ނުކުތީ ވަރަށް ވަރުގަދަ އަޒުމަކާއެކުގައެވެ. މި ސެޓުގައި މަނަދޫ އެސް.ސީން މާޅެންދޫ ޓީމަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިކުރުވިއެވެ. ނަމަވެސް، މެޗުގެ ފޯރިގަދަވި ވަގުތު 2 ޕޮއިންޓުގެ ފަރަގަކާއެކު 25-23 އިން މި ސެޓުވެސް ކާމިޔާބުކުރީ މާޅެންދޫ ވީ.ޓީންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި މަނަދޫ އެސް.ސީން ކުޅުން ރަނގަޅުކުރަން މަސައްކަތް ކުރި ނަމަވެސް، މާޅެންދޫ ވީ.ޓީން ވަނީ އެ ޓީމުގެ މައްޗަށް ބޮޑު ލީޑެއް ހޯދާފައެވެ. އެގޮތުން 15 ޕޮއިންޓުގެ ބޮޑު ތަފާތަކާއެކު މި ސެޓު ކާމިޔާބުކޮށް މާޅެންދޫ ވީ.ޓީން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ މޭން އޮފް ދަ މެޗަކަށް ހޮވުނީ މާޅެންދޫ ވީ.ޓީގެ ޖާރޒީ ނަމްބަރު 18، އާރިފް އީސާ އެވެ.

މި މުބާރާތުގައި މާޅެންދޫ ވީ.ޓީ ދެން ބައްދަލުކުރާނީ މަގޫދޫ ވީ.ޓީ އާއެވެ. އެ މެޗު އޮންނާނީ 2026 މޭ 4 ގައެވެ. އަދި މަނަދޫ އެސް.ސީ ދެން ނުކުންނާނީ އަންނަ 2026 މާރިޗު މަހުގެ 3 ވަނަ ދުވަހު މަގޫދޫ ވީ.ޓީ އާ ދެކޮޅަށެވެ.

Be the first to comment

Leave a Reply

Your email address will not be published.


*