މާވެލް ސިނެމެޓިކް ޔުނިވާސް (MCU) އަށް ބޮޑު ލޮޅުމެއް ގެނުވި، “ކެޕްޓަން އެމެރިކާ: ސިވިލް ވޯރ” ރިލީޒްކުރިތާ 10 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މި ފިލްމަކީ މިއަދުވެސް ފޭނުންގެ މެދުގައި އެންމެ މަގުބޫލު އެއް ފިލްމެވެ. 2016 ވަނަ އަހަރު ސިނަމާތަކަށް އައި މި ފިލްމަކީ ކެޕްޓަން އެމެރިކާ (ކްރިސް އިވާންސް) އާއި އަޔަން މޭން (ރޮބަޓް ޑައުނީ ޖޫނިއާ) އާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އެވެންޖާސްގެ ޓީމު މުޅިން ބައިބައިވެގެން ދިޔަ ތާރީޚީ ފިލްމެކެވެ.
މި ފިލްމުގެ އެންމެ ބޮޑު ގޮންޖެހުމަކީ ދެ ހީރޯއިންގެ މަގްސަދުތައް އެކަކު އަނެކަކާ މުޅިން އިދިކޮޅަށް ބައްޓަންކުރުމެވެ. “އެ ދެ ކެރެކްޓާއަކީ ވެސް ބެލުންތެރިންނަށް ގަބޫލުކުރެވޭ ފަދަ (ރިލޭޓަބަލް) ބަޔަކަށް ހަދަން ޖެހުނު. އޭގެ 10 އަހަރު ފަހުން ވެސް ޓޯނީ ސްޓާކް އާއި ސްޓީވް ރޮޖާސްގެ ފިކުރަށް ތާއީދުކުރާ މީހުންގެ މެދުގައި ބަހުސްތައް އެބައޮތް،” އެންތަނީ ރުސޯ ބުންޏެވެ.
މި ފިލްމަކީ އެމްސީޔޫގެ މުސްތަގުބަލަށް މުހިއްމު ދެ ސުޕަހީރޯއަކު ތައާރަފުކުރި ފިލްމުވެސް މެއެވެ. އެއީ ޗެޑްވިކް ބޯސްމަންގެ “ބްލެކް ޕެންތަރ” އާއި ޓޮމް ހޮލެންޑްގެ “ސްޕައިޑާ މޭން” އެވެ. ޗެޑްވިކް ބޯސްމަންގެ “ބްލެކް ޕެންތަރ” އާއި ޓޮމް ހޮލެންޑްގެ “ސްޕައިޑާ މޭން” އެވެ. ޖޯ ރުސޯ ބުނި ގޮތުގައި، ބްލެކް ޕެންތަރ އައީ ފިލްމުގެ ސީރިއަސްކަން އިތުރުކުރުމަށެވެ. ސްޕައިޑަމޭންގެ ދައުރަކީ ފިލްމުގެ އިންޓެންސިޓީ ކުޑަކޮށްދޭ “ނާތަހުޒީބު ރޫކީއެއްގެ” ބައި ކުޅުމެވެ.
ކުރިއަށް އޮތް “އެވެންޖާސް: ޑޫމްސްޑޭ” (2026) ގައި ރޮބަޓް ޑައުނީ ޖޫނިއާ ވިލަންއެއްގެ ގޮތުގައި، “ޑޮކްޓަރ ޑޫމް” ގެ ރޯލުން ފެނިގެންދާނެކަން އިއުލާނުކުރުމާއެކު ފޭނުން ތިބީ ވަރަށް ބޮޑު އިންތިޒާރެއްގައެވެ. ރޫސޯސް ބުނާ ގޮތުގައި، ޓޯނީ ސްޓާކް ފަދަ މަގްބޫލު ކެރެކްޓާއެއްގެ ސޫރަ ބަދަލުކޮށްލަން ޑައުނީ އެއްބަސްވީ އޭނާއަކީ އަބަދުވެސް ބެލުންތެރިން ސަޕްރައިޒްކޮށްލަން ބޭނުންވާ ފަންނާނަކަށް ވާތީއެވެ. “ކެޕްޓަން އެމެރިކ: ސިވިލް ވޯރ” މިހާރު ޑިޒްނީ+ އިން ސްޓްރީމް ކުރެވެން ހުރިއިރު، “އެވެންޖާސް: ޑޫމްސްޑޭ” ސިނަމާތަކަށް އަންނާނީ 18 ޑިސެމްބަރު 2026 ގައެވެ. އޭގެ 10 އަހަރު ފަހުން ވެސް ސިވިލް ވޯރގެ އަސަރުތައް އެމްސީޔޫގައި އަދިވެސް ދެމިއޮތްކަން މި ފާހަގަކުރުންތަކުން ހާމަވެއެވެ.

Leave a Reply