” ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް 2026 “ވެލިދޫ އެސް.ސީ ބަލިކޮށް ހެނބަދޫ ވީ.ޓީ ތަށި އުފުލާލައިފި

ވިޒިޓް ވެލިދޫ ވޮލީބޯލް އިންވިޓޭޝަން ޓޯނަމަންޓް 2026

ނ. ވެލިދޫ — ފޯރިގަދަ ކުޅުމަކަށްފަހު، “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް 2026” ގެ ޗެމްޕިއަންކަން ހެނބަދޫ ވީ.ޓީ ހޯދައިފިއެވެ. ރޭ ނ. ވެލިދޫގައި ކުޅުނު ފައިނަލް މެޗުގައި ވެލިދޫ އެސް.ސީ ބަލިކޮށް، ހެނބަދޫ ވީ.ޓީ މޮޅުވީ 3 ސެޓު 1 ސެޓުންނެވެ.

މިއީ 2025 ވަނަ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހެނބަދޫ ވީ.ޓީ، ތަށި ދިފާއުކުރި ދެވަނަ ފަހަރެވެ. ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންކަން ހޯދި ހެނބަދޫ ވީ.ޓީ ވަނީ ވޮލީބޯލް ނޫނު އަތޮޅު ފެންވަރުގައި އެ ޓީމުގެ ގާބިލްކަން ހާމަކޮށްދީފައެވެ.

ވެލިދޫގައި ކުރިއަށްދިޔަ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް، ހިތްވަރާއެކު ކުޅެ 5 ޕޮއިންޓުގެ ލީޑަކާއެކު ފުރަތަމަ ސެޓު ކާމިޔާބުކުރީ ހެނބަދޫ ވީ.ޓީ އިންނެވެ.އެއީ 25-20 ޕޮއިންޓާއެކުގައެވެ

މެޗުގެ ދެވަނަ ސެޓުގައި ވެލިދޫ އެސް.ސީ ކުޅުން ރަނގަޅުކޮށް، ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ . މުޅި ސެޓުގައި ދެ ޓީމުގެ ސްކޯ ހަމަހަމަކޮށް ދިޔަ ނަމަވެސް، ސެޓުގެ ފަހުކޮޅު ހެނބަދޫ ވީ.ޓީ ދެއްކި ހުށިޔާރު ކުޅުމާއެކު 25-22 ގެ ނަތީޖާއިން ދެވަނަ ސެޓު ވެސް ގެންދިޔައީ ހެނބަދޫ ވީ.ޓީ އިންނެވެ.

ޖެހިޖެހިގެން ދެ ސެޓު ހެނބަދޫ ވީ.ޓީ ގެންގޮސްފައިވަނިކޮށް، ތިންވަނަ ސެޓަށް ވެލިދޫ އެސް.ސީ ނުކުތީ ވަރުގަދަ އަޒުމަކާ އެކުގައެވެ. ވެލިދޫ ޓީމުގެ ފަރާތުން ފެނިގެންދިޔަ ވަރުގަދަ ޝޮޓްތަކާ ހިތްވަރުގަދަ ކުޅުމާ ގުޅިގެން، 25-16 ގެ ބޮޑު ލީޑަކުން ތިންވަނަ ސެޓު ކާމިޔާބުކޮށް ވެލިދޫ ވަނީ ދިރުން ދައްކާލާފައެވެ.

ނަމަވެސް ހަތަރުވަނަ ސެޓުގައި ހެނބަދޫ ވީ.ޓީ ވަނީ ފުރިހަމަ ކުޅުމަކާ އެކު ކޯޓަށް ނުކުމެ، ވެލިދޫ ޓީމަށް ވަރުގަދަ ހަމަލާތަކެއް ފޮނުވައި، ފައިނަލް ސެޓު ކާމިޔާބުކޮށް ތަށި ދިފާއުކޮށްފައެވެ. ހެނބަދޫ ވީ.ޓީ ޗެމްޕިއަންކަން ހޯދިއިރު، ވެލިދޫ އެސް.ސީ ވަނީ ރަނަރ-އަޕްގެ ޝަރަފު ހޯދާފައެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗް ގެ ޝަރަފު ހޯދީ ހެނބަދޫ ވީ.ޓީ ގެ ޖަރޒީ ނަމްބަރ 2، މުހައްމަދު އަބްދު ރަޝީދު އެވެ. ފައިނަލް ތެރޭގައި ދެއްކި ތަފާތު ކުޅުމާ ގުޅިގެން ހޯދި މިޝަރަފަކީ ހެނބަދޫ ވީ.ޓީ ގެ ކާމިޔާބީގައި ފާހަގަކޮށްލެވޭ ހިއްސާއެއް ކަމަށް ބެލެވެއެވެ.

މި ޓޯނަމަންޓްގެ ޑްރީމް ޓީމް ގައި ހިމެނިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ކުޅުންތެރިނ:.

  • ހެނބަދޫ ވީ.ޓީ — ޖަރޒީ ނަމްބަރ 15، އަހްމަދު އަލީ
  • ވެލިދޫ އެސް.ސީ — ޖަރޒީ ނަމްބަރ 12، ޝޮފްޙަތް މުހައްމަދުފުޅު
  • ހެނބަދޫ ވީ.ޓީ — ޖަރޒީ ނަމްބަރ 10، މުހައްމަދު އާޒިމް ހުސެން
  • މާޅެންދޫ ވީ.ޓީ — ޖަރޒީ ނަމްބަރ 18، އާރިފް އީސާ
  • ވެލިދޫ އެސް.ސީ — ޖަރޒީ ނަމްބަރ 2، މުހައްމަދު އާނިފް އިބްރާހިމް
  • ހެނބަދޫ ވީ.ޓީ — ޖަރޒީ ނަމްބަރ 16، އަބްދުލް ހަކީމް އަބްދު ނަސީރް

“ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް 2026” ވަނީ ވޮލީބޯލް ލޯބިވެރިންގެ ހިތްތަކުގައި ފޮނި ހަނދާންތަކެއް ބިންވަޅު ނެގިފައެވެ.. ވެލިދޫ ރައްޔިތުންނާއި ބައިވެރި ޓީމްތަކުގެ ފަރާތުން ފެނިގެންދިޔަ ފޯރިއާ ހިތްވަރަކީ، ކުރިއަށް އޮތް ތަނުގައި ވެސް ވޮލީބޯލް ކުރިއެރުވުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށް ބެލެވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*