ޔާނާގެ ހިތުގެ ކޮންމެ ވިންދެއް ގުޅިފައިވަނީ ޒަކުުވާން ނަމާއެވެ. އޭނާގެ ހިތުގައި އަބަދުވެސް އެނބުރެމުންދަނީ ޒައިންގެ ފޮނި ހިޔާލުތަކެވެ. ޒައިން އޭނާއަށްޓަކައި ވީ މަތިވެރި ގުރުބާނީއާއި، ބެހެއްޓި ގާތްކަމަކީ ޔާނާގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. ކޮންމެ އުނދަގޫ ވަގުތެއްގައިވެސް ޒައިން ހުރީ ޔާނާގެ އަތުގައި ހިފަހައްޓައިގެން، އޭނާއަށް ހިތްވަރު ދޭށެވެ.
ދެމީހުން އެކުގައި ހޮޓަލުން ސައިބޯލައިގެން ނިމުމުން، ވެއިޓަރު ބިލް ގެނައުމާއެކު ޒަކުވާން ވަރަށް އަވަހަށް ބިލަށް ފައިސާ ދެއްކިއެވެ. އެއަށްފަހު، ދެމީހުން އެކުގައި ނިކުމެ ސައިކަލަށް އަރައި މިސްރާބު ޖެހީ ޔާނާގެ ގެޔާ ދިމާއަށެވެ. މަގުމަތީގެ ހަލަބޮލިކަމުގެ ތެރެއިންވެސް ޔާނާއަށް އިހުސާސް ކުރެވެމުންދިޔައީ ޒައިންގެ ފަރާތުން ލިބޭ ރައްކާތެރިކަމެވެ.
ޔާނާ ގެޔަށް ލުމަށްފަހު،ޒަކުވާން އަވަސްވެގަތީ ގެޔަށް ދިއުމަށެވެ. އެއީ އޭނާގެ މަންމަމެން ރަށުން މާލެ އަންނާތީ، އެމީހުން ބަލައި ދާންޖެހޭތީއެވެ. ޒަކުވާން އާއި ޔާނާގެ ލޯބީގެ ދަތުރުގައި އެތަކެއް ގޮންޖެހުންތަކާއި ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، ޔާނާއަށް މިއަދު ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ ޒަކުވާންއާ ނުލައި އޭނާގެ ދިރިއުޅުން ފުރިހަމަ ނުވާނޭ ކަމެވެ. ކޮންމެ ހުރަހެއް ގިރާކުރުމުގެ ބާރަކީ އެ ދެމީހުންގެ މެދުގައި އޮތް ވަރުގަދަ ލޯތްބެވެ.
މިހާރު ޔާނާގެ އިންތިޒާރަށް ނިމުމެއް އަންނަނީއެވެ. ޒަކުވާން އާއި ޔާނާގެ ކައިވެނި ކުރެވޭ ގޮތަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ތިން މަސް ފަހުންނެވެ. ޔާނާ ހުރީ ބުނެދޭން ނޭނގޭ ފަދަ ބޮޑު އުފަލެއްގައެވެ. އެ އުފާވެރިކަން އިތުރުވެގެން ދިޔައީ، ޔާނާގެ މަންމަމެންވެސް އެކަމަށް ރުހި، އާބަސް ބުނުމުންނެވެ. އޭނާގެ ހުވަފެންތަކުގައި ކުލަޖެހި، ހަޔާތުގެ ބާކީ އޮތް ދުވަސްތައް ޒަކުވާންއާއެކު ހޭދަކުރަން ލިބޭނެތީ ޔާނާ އިނީ އުފަލުން ފޮޅިފައެވެ.

Leave a Reply