ދިވެހި ބޮޑުބެރުގެ ދުނިޔޭގައި ކުރިއަރަމުން އަންނަ ޒުވާން އަދި ހުނަރުވެރި ގުރޫޕެއް ކަމަށްވާ “އެންދެރި ބޮޑުބެރު ގުރޫޕް” މުޅިން އައު ހަރުފަތަކަށް ދަތުރުކުރުމަށް ތައްޔާރުވެއްޖެއެވެ. 2023 ވަނަ އަހަރު އުފެދިގެން އައި މި ގުރޫޕަކީ މިހާރުވެސް ބޮޑުބެރަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ގުރޫޕެކެވެ .
މިއަހަރުގެ ތެރޭގައި އެ ގުރޫޕުން ނެރުނު “ލަވަ ޗެއިން 2” އަކީ އާންމުންގެ މެދުގައި ނުހަނު މަގުބޫލުވެގެން ދިޔަ އުފެއްދުމެކެވެ. ލޯބީގެ ތަފާތު ރާގުތަކާއި ހިތްގައިމު ލަވަތަކެއް ހިމަނައިގެން ތައްޔާރުކުރި މި މަޝްއަޕްގައި ގިނަ އަދަދެއްގެ ހުނަރުވެރި ލަވަކިޔުންތެރިންގެ އަޑުތައް ވަނީ އިވިގެން ގޮސްފައެވެ.
އެންދެރި ބޮޑުބެރު ގުރޫޕުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އެ ގުރޫޕުން ދަނީ އެ ބޭފުޅުންގެ ފޭނުންނަށް މުޅިން އައު ރަހަތަކަކާއެކު ފެނިގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކުރިއަށް އޮތް ބޮޑު އީދު ފޯރިގަދަ ކުރުމަށްޓަކައި، އެންދެރި ބޮޑުބެރު ގުރޫޕުން ވަނީ ޚާއްޞަ ތައްޔާރީތަކެއް ވަމުންނެއެވެ . އީދުގެ ސްޓޭޖް ޝޯތަކުގައި އެ ގުރޫޕްގެ ފުރިހަމަ ހުނަރުވެރިކަން ދައްކާލުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިއީ ބޮޑުބެރަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެކެވެ
މީގެ އިތުރުން، އެންދެރި ބޮޑުބެރު ގުރޫޕްގެ ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް މިހާރު އޮތް އެންމެ ބޮޑު އުފަލަކީ، އެ ގުރޫޕުން ތައްޔާރުވަމުންދާ “ސަޕްރައިޒް” އެވެ. ގުރޫޕްގެ ފަރާތުން ބުނި ގޮތުގައި، މި ސަޕްރައިޒަކީ އެންދެރި ބޮޑުބެރު ގުރޫޕްގެ ފޭނުންނަށް މުޅިން އައު އިހުސާސްތަކެއް އެކުލެވިގެންދާނޭ ސަޕްރައިޒްއަކަށްވާނެއެވެ

Leave a Reply