ހަކަތަ އާއި ވިޔަފާރި ޝީ އާއި ޕޫޓިން ބެއިޖިން ސަމިޓުގެ އެންމެ ކުރީގައި

ކިޔާ.ކޮމް

ބެއިޖިން، ޗައިނާ: މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތަ މާކެޓަށް ލޮޅުން އަރަމުންދާ ދަނޑިވަޅެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ބެއިޖިންގައި ބޭއްވެވި ސަމިޓުގައި ހަކަތަ، ވިޔަފާރި އަދި ދުނިޔޭގެ ސަޕްލައި ސެކިއުރިޓީއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި ރައީސް ޕޫޓިން ވަނީ ރަޝިޔާއިން ޗައިނާއަށް ބޭނުންވާ ތެލާއި ގޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމަކީ ބޭރުގެ ނުފޫޒުތަކާއި ދުނިޔޭގެ މާކެޓްތަކަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވެފައިވާ ބަދަހި ގުޅުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި ހަމަޖެހުމެއްނެތް ހާލަތުގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރިއާއި، ސަޕްލައި ޗޭން އަދި ހަކަތައިގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ އިންޒާރު ޕޫޓިން ދެއްވި ކަމަށް ޖަރުމަނުގެ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ޗައިނާއަށް ފޮނުވުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ރަޝިޔާއަށް ނުހަނު މުހިންމު މަޝްރޫއެކެރިޕޯޓްކުރާ ގޮތުގައި، ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫރަޕަށް އެކްސްޕޯޓްކުރާ މިންވަރު ދަށްވުމުން، ރަޝިޔާއިން މިހާރު އުންމީދު ކުރަނީ ޗައިނާއާއެކު އޮތް “ސްޓްރެޓެޖިކް ޕާޓްނަޝިޕް” އިގްތިސާދީ ވަރުގަދަ އެއްބަސްވުންތަކަކަށް ބަދަލުކުރުމަށެވެ.

މި ސަމިޓުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކަމަކީ “ޕަވަރ އޮފް ސައިބީރިއާ 2” ގޭސް މަޝްރޫއެވެ. މޮންގޯލިއާ މެދުވެރިކޮށް އަހަރަކު 50 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ޗައިނާއަށް ފޮނުވުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ރަޝިޔާއަށް ނުހަނު މުހިންމު މަޝްރޫއެކެވެ.  ރިޕޯޓް ތަކުން ދައްކާ ގޮތުގައި، ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫރަޕަށް އެކްސްޕޯޓްކުރާ މިންވަރު ދަށްވުމުން، ރަޝިޔާއިން މިހާރު އުންމީދު ކުރަނީ ޗައިނާއާއެކު އޮތް “ސްޓްރެޓެޖިކް ޕާޓްނަޝިޕް” އިގްތިސާދީ ވަރުގަދަ އެއްބަސްވުންތަކަކަށް ބަދަލުކުރުމަށެވެ.

ޝީ އާއި ޕޫޓިން ބެއިޖިން ސަމިޓުގެ އެންމެ ކުރީގައި ހަކަތަ އާއި ވިޔަފާރި ބެހެއްޓި

ބެއިޖިން، ޗައިނާ: މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތަ މާކެޓަށް ލޮޅުން އަރަމުންދާ ދަނޑިވަޅެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ބެއިޖިންގައި ބޭއްވެވި ސަމިޓުގައި ހަކަތަ، ވިޔަފާރި އަދި ދުނިޔޭގެ ސަޕްލައި ސެކިއުރިޓީއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި ރައީސް ޕޫޓިން ވަނީ ރަޝިޔާއިން ޗައިނާއަށް ބޭނުންވާ ތެލާއި ގޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމަކީ ބޭރުގެ ނުފޫޒުތަކާއި ދުނިޔޭގެ މާކެޓްތަކަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވެފައިވާ ބަދަހި ގުޅުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި ހަމަޖެހުމެއްނެތް ހާލަތުގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރިއާއި، ސަޕްލައި ޗޭން އަދި ހަކަތައިގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ އިންޒާރު ޕޫޓިން ދެއްވި ކަމަށް ޖަރުމަނުގެ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

މި ސަމިޓުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކަމަކީ “ޕަވަރ އޮފް ސައިބީރިއާ 2” ގޭސް މަޝްރޫއެވެ. މޮންގޯލިއާ މެދުވެރިކޮށް އަހަރަކު 50 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ޗައިނާއަށް ފޮނުވުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ރަޝިޔާއަށް ނުހަނު މުހިންމު މަޝްރޫއެކެވެ. ބީބީސީން ރިޕޯޓްކުރާ ގޮތުގައި، ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫރަޕަށް އެކްސްޕޯޓްކުރާ މިންވަރު ދަށްވުމުން، ރަޝިޔާއިން މިހާރު އުންމީދު ކުރަނީ ޗައިނާއާއެކު އޮތް “ސްޓްރެޓެޖިކް ޕާޓްނަޝިޕް” އިގްތިސާދީ ވަރުގަދަ އެއްބަސްވުންތަކަކަށް ބަދަލުކުރުމަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް ރަޝިޔާއިން ވަނީ 101 މިލިއަން ޓަނުގެ ސާފުނުކުރާ ތެލާއި 49 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ޗައިނާއަށް އެކްސްޕޯޓްކޮށްފައެވެ. މިއާއެކު ޗައިނާއަށް އެންމެ ގިނައިން ހަކަތަ ފޯރުކޮށްދޭ ގައުމުގެ މަގާމު ރަޝިޔާއިން ވަނީ ދަމަހައްޓާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ވިޔަފާރި، ޓެކްނޮލޮޖީ، ސައިންޓިފިކް ރިސާޗް އަދި ފިކުރީ މުދަލުގެ ދާއިރާއިން 20 އަށް ވުރެ ގިނަ އެއްބަސްވުމުގައި ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ. ރައީސް ޕޫޓިން ސިފަކުރެއްވި ގޮތުގައި ދެ ގައުމުގެ ގުޅުން މިހާރު ވަނީ “ކުރިން ނުފެންނަ ފަދަ އުސްމިނަކަށް” ގޮސްފައެވެ. އަދި ރައީސް ޝީ ވިދާޅުވީ ދެ ގައުމުގެ ގުޅުން އޮތީ “ފުރިހަމަ ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ އެންމެ މަތީ ފެންވަރުގައި” ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، ޗައިނާގެ ބޮޑު މާކެޓަކީ ރަޝިޔާއަށް ނުހަނު ބޭނުންތެރި މާކެޓެކެވެ. ހަމައެފަދައިން، ގަލްފު ސަރަހައްދުގެ ހަލަބޮލިކަމުގެ ތެރޭގައި ރަޝިޔާގެ ހަކަތައަކީ ޗައިނާގެ އިގްތިސާދީ ރައްކާތެރިކަމަށްޓަކައި ބެއިޖިންއިން އިސްކަންދޭ މުހިންމު ވަސީލަތެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*