ރާއްޖޭގެ މަގުބޫލު ބޮޑުބެރު ގުރޫޕެއް ކަމަށްވާ “އެންދެރި” އިން އެ ގުރޫޕުގެ ސަޕޯޓަރުންނާއި އަޑުއެހުންތެރިންނަށް މުޅިން އައު ލަވައެއް ތައާރަފުކޮށްފިއެވެ. “މަޑު މަޑުން ނޯވެ އެންދެރި” ގެ ނަމުން ނަންދީފައިވާ މި ލަވަޔަކީ ކުރިއަށް އޮތް އަލްޙާ ޢީދާ ދިމާކޮށް އެ ގުރޫޕުން ހާއްސަކޮށްގެން ނެރުނު ލަވައެކެވެ.
މި ލަވަ ރަސްމީކޮށް ރިލީޒްކޮށްފައިވަނީ 27 މޭ 2026 ވީ ބުދަ ދުވަހުގެ ރޭ ވަނީ ރިލީޒް ވެފައެވެ . އީދުގެ ފޯރިއާއި މުނިފޫހިފިލުވުމުގެ ރޫހު އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ލަވައަކީ، މި އަހަރުގެ އީދު ބަންދުގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެ ލަވައެއް ކަމަށް ބެލެވެއެވެ.
މި ލަވައިގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ އެންމެ އުސް އަދި އެންމެ މަގުބޫލު އެކްޓްރެސް ރިޝްފާ މި ލަވައިން ފެނިގެންދާނެއެވެ ރިޝްފާގެ ފުރިހަމަ ހުށަހެޅުންތަކާއެކު، އެންދެރި ބޮޑުބެރު ގުރޫޕުގެ މި އައު އުފެއްދުން ވަނީ އިތުރަށް ފުރިހަމަވެގެން ގޮސްފައެވެ.
އެންދެރި ބޮޑުބެރު ގުރޫޕުން ބުނިގޮތުގައި، މި ލަވައަކީ އެ ގުރޫޕުގެ ސަޕޯޓަރުންނަށް އީދު ހަދިޔާއެއްގެ ގޮތުގައި ގެނެސްދިން ލަވައެކެވެ. މިހާރު ޔޫޓިއުބުން މި ލަވަ ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

Leave a Reply