ކަންބޮޑުވާ ދަރަޖައަށް އެމްޑީޕީގެ އަޑެއް ނެތް

30 އެޕްރިލް 2005 ވަނަ އަހަރު ސިޔާސީ ހަރަކާތް ފުރަތަމަ ފަހަރަށް ފެށި، އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ލިސްޓް ކުރެވިފައިވާ އެމްޑީޕީ  ( މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ) މިއަދު މިވަނީ ވަރަށްވެސް ބޮޑަށް އަޑު މަޑުވެ ސިޔާސީ މާބޮޑު ދުވެއްޔެއް ނެތިފައެވެ.  9  ސެޕްޓެމްބަރ 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވެ، ޕީއެންސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު  %54.04 (129159) ގެ ވޯޓުން ވެރިކަން ކާމިޔާބު ކުރެއްވުމާއި ހަމައިން އެމްޑީޕީގެ އަޑު ފަނޑުވާން ފެށިއެއެވެ. އެއާއި އެކު ރައްޔިތުން މަޖިލީހުގެ އިންތިހާބުންވެސް އެމްޑީޕީ އަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހިފައެވެ.

2019 ވަނަ އަހަރު މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު 2024 ގެ މަޖިލީހުގެ އިންތިހާބުގައި ލިބިފައިވަނީ  11 ގޮނޑިއެވެ.  މި އެންމެހާ ނާކާމިޔާބީއެއްގެ ގިނަ ސަބަބުތަކެއް އެކުލެވޭ އިރު 2 ޖޫން 2024 ގައި އެކަން ބަލާ އިންވެސްޓް ގޭޓް ކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ. އަދި ހަމައެހެންމެ  11 ޖޫން 2024 ގައި މުޅި ޕާޓީ އިންސްޓިޓިއުޝަނަލައިޒް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ޕާޓީން ރިޕޯޓްކޮށްފައިވެއެވެ.

އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާނޭ އޮޕަސިޝަނެއް (އިދިކޮޅުޕާޓީއެއް) ނެތުމަކީ، ދިވެހިރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމު ހަމަމަގުން ހިންގުމާއި މެދު ސުވާލު އުފެދޭ އަދި އެހާމެ ނާމާން ކަން އެކުލެވޭ ކަމެކެވެ.  ސަރުކާރު ތަކުން ، އިދިކޮޅު ފަރާތްތައް ހައްޔަރު ކޮށް ޚިޔާލު ފާޅުކުރުމާއި ސުޢޫރު ފާޅު ކުރުމުގެ މިނިވަން ކަމުގައި އަތް އަޅާ، އެކި ޤާނޫނުތަކަށް ބަދަލުގެނެސް މިނިވަންކަން ނިގުޅައިގަންނަނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ބާރުވެރިކަން ކުޑަވުމުގެ ސަބަބުންނެވެ.

About ޔޫސުފް ޔޫޝަޢު 7 Articles
ޔޫސުފް ޔޫޝަޢު އަކީ ނޫސްވެރިކަމާއި ލިއުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ފަރާތެކެވެ. މިގޮތުން ޔޫސުފް ޔޫޝައު ނެރެފައިވާ ފޮތް "ހެޔޮވެރިކަމެއްގެ ނިމުން" މިފޮތަކީ ސިޔާސީ ގޮތުން ފާހަގަ ކޮށްލެވޭ ފޮތެކެވެ.

1 Comment

Leave a Reply

Your email address will not be published.


*