މިއަދުގެ ދުނިޔޭގައި ޓެކްނޮލޮޖީގެ ޚަބަރުތަކަކީ އަބަދުވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އާދަޔާޚިލާފު ކުރިއެރުންތަކުން ފުރިފައިވާ އެއްޗެކެވެ. ނަމަވެސް، މި ހަލަބޮލިކަމުގެ ތެރެއިން އާންމުންގެ ސަމާލުކަމަށް މާބޮޑަށް ނާަންނަ، އެކަމަކު އިންތިހާއަށް މުހިންމު ޚަބަރެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އެއީ އޭއައިގެ ބާރުގަދަކަމުގެ ވާހަކައަށްވުރެ ބޮޑަށް، އޭގެ ހަރަދާއި ދެމެހެއްޓެނިވިކަމާ މެދު އުފެދިފައިވާ ސުވާލެކެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި ‘އުބާ’ އިން އިއުލާން ކުރި ގޮތުގައި، ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އެ އަހަރަށް އޭއައިއަށް ކަނޑައެޅި މުޅި ބަޖެޓް ވަނީ ހުސްވެފައެވެ. ސޮފްޓްވެއާ އިންޖިނިއަރުން އޭއައި ޓޫލްސް ބޭނުންކުރަމުން ދިޔަ މިންވަރު ބޮޑުކަމުން، އެގްޒެކެޓިވް މެނޭޖްމަންޓުން ވަނީ ހަރުކަށި ލިމިޓްތަކެއް ކަނޑައަޅައި، ބޭނުންކުރުން މަދުކުރުމަށް އަންގާފައެވެ. މި ނިންމުމުގެ އަސްލަކީ އޭއައިއަށް ކުރާ ބޮޑު ހަރަދާ އެއްވަރަށް އޭގެ ފައިދާ ނުވަތަ އުފެއްދުންތެރިކަން އިތުރުވާކަމުގެ ހެކިތައް ނެތުމެވެ.
މި ހާލަތަކީ ހަމައެކަނި އުބާއަށް ދިމާވެގެން އުޅޭ ކަމެއް ނޫނެވެ. ޓެކް ޖަޔަންޓް މައިކްރޮސޮފްޓުން ވެސް މިފަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ކުންފުނީގެ އެތެރޭގެ އެޑްވާންސް ޕްރޮގްރާމިން ޓޫލް ‘ކްލައުޑް ކޯޑް’ ބޭނުންކުރާ އިންޖިނިއަރުންގެ ގިނަ ލައިސަންސްތަކެއް ވަނީ ކެންސަލްކޮށްފައެވެ. ސަބަބަކީ އެ ޓޫލް ބޭނުންކުރުމަށްދާ ބޮޑު ހަރަދަކީ މާލީ ގޮތުން ކުންފުންޏަށް ބޮޑު ގެއްލުމަކަށް ވެގެން ދިއުމެވެ. މައިކްރޮސޮފްޓުން މިހާރު އިރުޝާދު ދެނީ ބޭރުގެ އަގުބޮޑު ޓޫލްތަކަށް ބަރޯސާވުން މަދުކޮށް، ހަރަދު ކުޑަކުރުމަށްޓަކައި ‘ކޮޕައިލެޓް’ ފަދަ އަމިއްލަ އެތެރޭގެ ވަސީލަތްތައް ބޭނުންކުރުމަށެވެ.
Leave a Reply