މާތްﷲގެ އަމާނާތަށް ރައްކާތެރިވުން: އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ނުބައިކަން

ކިތާލާ.ކޮމް

އިންސާނާގެ ފުރާނައާއި ހަށިގަނޑަކީ މާތްﷲ އެ އިންސާނާއާ ޙަވާލުކުރައްވާފައިވާ ވަރަށް މަތިވެރި އަމާނާތެކެވެ. އިސްލާމްދީން ބިނާވެގެންވަނީ އިންސާނާގެ ފުރާނައާއި، ބުއްދިއާއި، މުދަލާއި، ނަސްލު އަދި ދީން ހިމާޔަތްކުރުމުގެ މައްޗަށެވެ. އެހެންކަމުން، އެއްވެސް ސަބަބަކާހުރެ އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުމަކީ ނުވަތަ އަނިޔާވެރިވުމަކީ އިސްލާމްދީން އިންތިހާއަށް ނަހީކުރައްވާފައިވާ ފާފަވެރި ކަމެކެވެ.

މާތްﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ. “وَلا تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا” މާނައީ: “އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ގަތުލުނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.” (ސޫރަތުއްނިސާ: 29). މި އާޔަތުން އެނގިގެންދަނީ އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ މާތްﷲގެ ރަޙުމަތުން އުންމީދު ކަނޑާލުން ފަދަ ކަމެއް ކަމެވެ.

އަމިއްލަ ނަފްސަށް އަނިޔާދިނުމުގެ ނުބައިކަމާ ގުޅޭގޮތުން ދީނީގޮތުން ފާހަގަކުރެވޭ މުހިންމު ކަންތައްތަކެއްވެއެވެ:

ހަށިގަނޑަކީ މިލްކެއް ނޫން، އަމާނާތެއް: އަޅުގަނޑުމެންގެ ހަށިގަނޑަކީ އަޅުގަނޑުމެންގެ އަމިއްލަ އެއްޗެއް ނޫނެވެ. އެއީ މާތްﷲ ދެއްވާފައިވާ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވުމަކީ ދީނީ ވާޖިބެކެވެ. އަމިއްލަ ހަށިގަނޑުގައި ލަކުނު ޖެއްސުމާއި، ތަންތަން ބުރިކުރުމާއި، ނުވަތަ އެނޫންވެސް ގޮތްގޮތުން އަނިޔާދިނުމަކީ މި އަމާނާތަށް ޚިޔާނާތްތެރިވުމެވެ.

މާތްﷲގެ ރަޙުމަތުން އުންމީދު ކަނޑާލުން: ގިނަ ފަހަރަށް އަމިއްލަ ނަފްސަށް އަނިޔާދެނީ ދިިރިއުޅުމުގައި ދިމާވާ ހިތްދަތިކަމެއް ނުވަތަ މުޞީބާތެއްގެ ސަބަބުންނެވެ. ނަމަވެސް، މުސްލިމަކު އެއްވެސް ހާލެއްގައި މާތްﷲގެ ރަޙުމަތުން އުންމީދު ކަނޑާލައިގެން ނުވާނެއެވެ. ކޮންމެ ތަދަކަށްފަހު ލުޔެއްވާނެކަން ޤަބޫލުކޮށް، ކެތްތެރިވުމަކީ އީމާންކަމުގެ ބައެކެވެ.

ނަަބަވީ އިރުޝާދު: ކައު އިތުރު ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ “لَا ضَرَرَ وَلَا ضِرَارَ” އެވެ. މާނައީ “ގެއްލުންދިނުމެއް އަދި ގެއްލުމެއް ލިބިގަތުމެއް ވެސް ނުވެއެވެ. ” މި ޙަދީޘްފުޅުގެ ދަށުން، އަމިއްލަ ނަފްސަށް ގެއްލުންދޭ ކޮންމެ ކަމަކީ ދީނީގޮތުން ބާތިލު އަދި މަނާ ކަމެކެވެ.

އާޚިރަތުގެ ޢަޛާބު: އަމިއްލަ ނަފްސަށް އަނިޔާދީ، ފުރާނަ ދުއްވާލުމަކީ (އަމިއްލައަށް މަރުވުމަކީ) އާޚިރަތް ދުވަހުން ބޮޑުވެގެންވާ ޢަޛާބު ލިބޭނެ ކަމެއްކަން ސައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ. އިންސާނާ އަމިއްލަ ނަފްސަށް ދޭ އަނިޔާއަކީ އޭނާގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވުމަށް އޮތް ހުރަހެކެވެ.

ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދިމާވާ ގޮންޖެހުންތަކުގައި އޮތް ޙައްލަކީ އަމިއްލަ ނަފްސަށް އަނިޔާދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އޮތީ މާތްﷲގެ ހަޟްރަތުން އެހީއަށް އެދުމާއި، ދުޢާކުރުމާއި، އަދި އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން (ޑޮކްޓަރުންނާއި މުޖުތަމަޢުގެ އެހީ) ހޯދުމެވެ. ކޮންމެ ނަފްސަކީވެސް މާތްﷲގެ ހަޟްރަތުގައި އަގުހުރި ނަފްސެކެވެ. އެހެންކަމުން، އެ ނަފްސަށް އޯގާތެރިވުމަކީ މާތްﷲއަށް ކިޔަމަންތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނޯޓް : މި ލިޔުން ލިޔެފައި ވަނީ އަޅުގަނޑުގެ އަޙް އަންފާލް 

Be the first to comment

Leave a Reply

Your email address will not be published.


*