އެންދެރި ބޮޑުބެރު ގުރޫޕުގެ އައު ލަވަ “ރަންދާމުޅާ” އާންމުންނަށް ދޫކޮށްލައިފި

ކިޔާލާ.ކޮމް

ދިވެހި ސަގާފީ މިއުޒިކާއި ބޮޑުބެރުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަގުބޫލު ގުރޫޕެއް ކަމަށްވާ “އެންދެރި ބޮޑުބެރު ގުރޫޕް” ގެ މުޅިން އައު ލަވަ “ރަންދާމުޅާ” މިއަދު އާންމުންނަށް ދޫކޮށްލައިފިއެވެ. މި ލަވަ ރަސްމީކޮށް ރިލީޒްކޮށްފައިވަނީ އެ ގުރޫޕުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.

މި ލަވައިގެ ޓްރެއިލާ މީގެ ދެ ދުވަސް ކުރިން ޓިކްޓޮކްގައި އާންމުކުރުމާއެކު، އެންދެރި ބޮޑުބެރު ގުރޫޕަށް ސަޕޯޓްކުރާ ފަރާތްތަކާއި މިއުޒިކަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ލަވަ ބަލައިލުމަށް ގިނަ ބަޔަކު ކެތްމަދުވެފައި ތިއްބާ، މިއަދު މިވަނީ އެ އިންތިޒާރަށް ނިމުން ގެނެސްދީފައެވެ

“ރަންދާމުޅާ” އަކީ ލޯބީގެ މައުޟޫއަކަށް ތައްޔާރުކޮށްފައިވާ ވަރަށް ތަފާތު އަދި ފުރިހަމަ ލަވައެކެވެ. މި ލަވައިގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ލަވައިގެ ވީޑިއޯއިން ފެނިގެންދާ ގިނަ އަދަދެއްގެ އައު މޫނުތަކެވެ. މީގެ ކުރިން ނުފެންނަ ހުނަރުވެރި ފަންނާނުންތަކެއް މި ލަވައިން ފެނިގެންދާއިރު، މިއީ އެންދެރި ގުރޫޕުގެ ކުރީގެ މަސައްކަތްތަކާ އަޅާބަލާއިރު މުޅިން ތަފާތު ރޫހެއްގައި ގެނެސްދީފައިވާ އުފެއްދުމެކެވެ.

މިހާރު ޔޫޓިއުބްގައި މި ލަވަ އާންމުކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ މި ލަވައަށް ތައުރީފު ކުރަމުންނެވެ. އެންދެރި ބޮޑުބެރު ގުރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހި ފަންނުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސް، ބެލުންތެރިން ގަޔާވާފަދަ ފެންވަރު ރަނގަޅު އުފެއްދުންތަކެއް ގެނެސްދިނުމަށެވެ. “ރަންދާމުޅާ” އަކީ އެ މަސައްކަތުގެ ތެރެއިން ލިބުނު އިތުރު ކުރިއެރުމެއްކަން ޔަގީނެވެ.

Be the first to comment

Leave a Reply

Your email address will not be published.


*