ފީފާ ވޯލްޑް ކަޕް ގަދަ 16: ބްރެޒިލް އާއި ނޯވޭގެ ކުރިމަތިލުމަށް ދުނިޔެ އިންތިޒާރުގައި

ކިޔާލާ.ކޮމް

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ދުވަހަކަށް ވުރެ ދުވަހެއް ގަދަވަމުން އަންނައިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި ބައެއް ޓީމުތައް ވަނީ މުބާރާތުން ކަޓައިގެން ގޮސްފައެވެ. މިހާރު މުބާރާތް މިވަނީ އެންމެ ނޭވާ ހިފަހައްޓާލަންޖެހޭ ވަގުތަށް އައިސްފައެވެ. އެއީ މުބާރާތުގެ ނޮކްއައުޓް ބުރު ނުވަތަ ގަދަ 16 ގެ މެޗުތަކެވެ.

ރޭ ކުޅެވުނު ގަދަ 16 ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކެނަޑާ އާއި މޮރޮކޯއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މޮރޮކޯ ވަނީ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގައި މޮރޮކޯގެ އޮނުހާއި ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ކާމިޔާބުކޮށްދިނީ ރަހީމީއެވެ.

ރޭ ދަންވަރު ކުޅެވުނު ގަދަ 16 ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފްރާންސް އާއި ޕެރަގުއޭއެވެ. ވާދަވެރި ކުޅުމަކަށްފަހު ފްރާންސް މި މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ފްރާންސްގެ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. މި ނަތީޖާއާއެކު ކުއާޓާ ފައިނަލުގައި ފްރާންސް ބައްދަލުކުރާނީ މޮރޮކޯއާއެވެ.

މިރެއަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ރެއެކެވެ. ގަދަ 16 ބުރުގެ ތިންވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ބްރެޒިލް އާއި ނޯވޭއެވެ. މިއީ ދެ ޓީމަށްވެސް ” ނޮކް އައުޓް ނުވަތަ ކުއާރޓާ ފައިނަލް ”  ފަދަ މެޗެކެވެ. މި މެޗުން ބަލިވާ ޓީމެއް މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެއިރު، މޮޅުވާ ޓީމަކަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބިގެންދާނެއެވެ.

މި މުހިންމު ކުރިމަތިލުމަށް ބްރެޒިލް އަދި ނޯވޭގެ ޓީމުންވެސް އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ ބްރެޒިލްގެ ހުނަރުވެރި ކުޅުމާއި ނޯވޭގެ ވަރުގަދަ ކުޅުން މިރޭގެ މެޗުން ފެނިގެންދާނެ ކަމަށެވެ.

Be the first to comment

Leave a Reply

Your email address will not be published.


*