އާރޖެންޓީނާ ބަލިކޮށް ސްޕެއިން އިން ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި

12 ޖޫން 2026 ވީ ހުކުރު ދުވަހުގެ ރޭ ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށުނު ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ ކުޅުމަށްފަހު، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ސްޕެއިން އިން ކާމިޔާބުކޮށްފިއެވެ. ދުވަހަކަށް ފަހު ދުވަހެއް ފޯރި ގަދަވަމުންދިޔަ މި މުބާރާތުގެ ފޯރި ވަކިން ޚާއްޞަކޮށް ގަދަ 16 އިން ފެށިގެން ވަނީ އިތުރުވެފައެވެ.

ސްޕެއިން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ވަރުގަދަ ފްރާންސާ ބައްދަލުކޮށް، އެ ޓީމު ބަލިކުރުމަށްފަހުއެވެ. އަނެއްކޮޅުން، ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ކުރަމުން އައި އާރޖެންޓީނާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އިންގްލެންޑާ ބައްދަލުކޮށް ކުރިހޯދައިގެންނެވެ.

20 ޖުލައި 2026 ވީ ހޯމަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ބައްދަލުކުރީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން އާއި، އެންމެ ފަހުގެ ޗެމްޕިއަން އާރޖެންޓީނާއެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ އަދި އެހާމެ މޮޅު ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން ވަނީ އެއްވަރުވެފައެވެ.

މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގައިވެސް ދެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް، އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ދަނިކޮށް، ސްޕެއިންގެ ފެނާންޑޭޒް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑާއެކު 0-1 ގެ ނަތީޖާއަކުން ސްޕެއިން ވަނީ މޮޅުވެފައެވެ.

މިއީ 2010 ވަނަ އަހަރަށްފަހު، 16 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސް ސްޕެއިން އިން ވޯލްޑް ކަޕްގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. މި ކާމިޔާބީއާއެކު ސްޕެއިންގެ ސަޕޯޓަރުން އަންނަނީ މުޅި ދުނިޔޭގައި އުފާފާޅުކުރަމުންނެވެ.

ކިޔާލާ.ކޮމް

Be the first to comment

Leave a Reply

Your email address will not be published.


*