“އެންދެރި ބޮޑުބެރު ގުރޫޕް” އޭ ބުނުމުން މިހާރު ދިވެހިންގެ ތެރޭގައި އެ ނަމެއް ނޯޅޭނެއެވެ. ފޯރިގަދަ އެތައް ލަވަތަކެއް ދިވެހި މިއުޒިކީ ދާއިރާއަށް ގެނެސްދީފައިވާ މި ގުރޫޕުން މިފަހަރު މިއޮތީ މުޅިން އައު، ތަފާތު ވާހަކައެއް ގެނެސްދީފައެވެ. އެއީ އެ ގުރޫޕުގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ “ރަންދާމުޅާ” އެވެ.
މި މަހުގެ 1 ޖުލައި 2026 ވީ ބުދަ ދުވަހު އާއްމުންނަށް ދޫކޮށްލި މި ލަވަޔަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެގޮތުން ވީޑިއޯ ހިއްސާކުރާ ޕްލެޓްފޯމް “ޔޫޓިއުބް” އަށް ބަލާއިރު، މިހާތަނަށް މި ލަވައަށް 1.1 ކޭ ވިއުސް ލިބިފައިވާއިރު، 8 ކޭ އަށްވުރެ ގިނަ ލައިކްސް ވަނީ ލިބިގެން ގޮސްފައެވެ.
މި ލަވަ މިހާ ބޮޑަށް ހިޓަކަށް ވެގެން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ލަވައިގެ މަންޒަރުތަކުން ޒުވާން އެތައް އައު ފަންނާނުންތަކެއް ފެނިގެންދާއިރު، މިއީ އައު ހުނަރުވެރިންނަށް ފުރުޞަތު ހުޅުވާލެވިގެން ތައްޔާރުކޮށްފައިވާ

ފުރިހަމަ މަސައްކަތެކެވެ. މީގެ އިތުރުން ލަވައިގެ ޅެންވެރިކަމަށް ބަލާލި ކަމުގައި ވީނަމަވެސް، ފެނިގެންދަނީ ފުރިހަމަ ބަސްމަގުތަކަކުން އަތުރާލެވިފައިވާ ލޯބިން ފުރިގެންވާ ހިތްގައިމު ޅެމެކެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ބަލާލި ކަމުގައި ވީނަމަވެސް، “ރަންދާމުޅާ” އަށް ދިވެހިންގެ މެދުގައި އޮތް މަޤުބޫލުކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އެންދެރި ބޮޑުބެރު ގުރޫޕުން ނެރުނު އެންމެ ހިޓް އެއް ލަވައެވެ.

Leave a Reply