ދުރުވާން ޖެހުނަސް 06

ދުރުވާން ޖެހުނަސް

ޗެޕްޓަރ 5

ޒަކުވާން އަދި ޒައިނާގެ ދެމެދުގައި އޮތް ގުޅުމަށް އައު ބަހާރު މޫސުމެއް އައިހެން ހީވެއްޖެއެވެ. އެތަކެއް ދުވަހެއްގެ މެދުކެނޑުމަކަށް ފަހު، އެ ދެ ހިތުގެ ވިންދު އަލުން އެއް ހަމަޔަކަށް އެޅެން ފަށައިފިއެވެ. ޒައިނާ ހުރީ ޒަކުވާން ދެކެ އިންތިހާއަށް ލޯބިވެފައެވެ. ނަމަވެސް، ހިތުގެ ކޮންމެވެސް ކަނަކުން ޒަކުވާން ދެކެ ނުރުހުންވެ، ހިތްހަމަނުޖެހިފައެވެ. އެއީ ވޭތުވެދިޔަ ދުވަސްތަކުގައި ކަންތައްތައް ހިނގައިދިޔަ ގޮތުންނެވެ.

ކޮލެޖް ނިމިގެން ޒައިނާ ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުން ފޯނު ނެގުމަށްފަހު، އަވަސްއަވަހަށް ޑައިލް ކޮށްލީ ކޮއްކޮ ޒީނިޔާއަށެވެ. ދެތިން ފަހަރަކު ރިންގް ވުމާއެކު ޒީނިޔާ ފޯނު ނެގިއެވެ.

“އޭ ކޮއްކޯ! ނިކުމެބަލަ ބޭރަށް. ގޭ ކައިރީ އެބައިން، ޓޯކްއެއް ކޮށްލަންވެގެން. ދޮންތި މިރޭ ދޭނަމޭ ކާން،” ޒައިނާ ބުންޏެވެ.

“އާނ، އޯކޭ. މި ރެޑީވަނީ، ގިވް މީ ފައިވް މިނިޓްސް،” ޒީނިޔާ ވަރަށް ފޯރީގައި ބުންޏެވެ. އޭނާ އަވަސްވެގަތީ އޭނާ އެންމެ ލޯބިވާ ދޮންތިގެ އެދުމަށް އިޖާބަދިނުމަށެވެ.

ޗެޕްޓަރ 6

ގޭ ކައިރީގައި އޮންނަ ހިތްގައިމު ޕާކުގެ ތެރެއަށް ވަދެވުމާއެކު، ޒައިނާ ސުވާލުކުރިއެވެ. “އަސްލު އިނގޭ ދޯ ޒީނިޔާ މިތަނަށް ގެނައި ސަބަބު؟” ޒައިނާ ހީކުރީ ކޮންމެވެސް ވަރަކަށް ޒީނިޔާއަށް ކަންކަން އެނގޭނެ ކަމަށެވެ.

ނަމަވެސް، ޒީނިޔާ ނޫނެކޭ ބުނާ ފާދަށް ބޯ ހޫbaseލިއެވެ. އެކަންތައްތަކަކީ ޒީނިޔާއަށް މުޅިން އާ ކަންތައްތަކަކަށް ވުމުންނެވެ. އެކަމަކު އެ ބައްދަލުވުމުގެ ތެރެއިން ޒީނިޔާއަށް ހުރިހާ ކަމެއް އޮޅުންފިލައިފިއެވެ. މަންމަމެންނާ ދުރުން އުޅެނީ ކީއްވެގެންކަން މިއަދު ޒީނިޔާއަށް އެނގިއްޖެއެވެ.

“ދޮންތީވެސް ހާދަ ހިތްވަރުގަދައޭ. ޒީނިޔާ ނަމަ ތިހެން ކެތްކޮށްގެން ނުހުންނާނަން،” ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ޒީނިޔާ ބުންޏެވެ.

“އެކަމަކު އެއީ ދިރިއުޅުން ދޯ؟ މަންމައާއި ބައްޕަ ދޯ؟ އެމީހުންނަށްވެސް ބަލާލަންވާނެ. އަހަރުމެން ބޮޑެތިކޮށްފައި އެތިބީ ކޮންމެވެސް ބުރައެއް އުފުލައިގެން ދޯ،” ޒައިނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. އެއަށްފަހު ދެބެން އެކުގައި ގެޔާ ދިމާއަށް ހިނގައިގަތެވެ.

މިހާރު ލަންޑަން ގަޑިން ރޭގަނޑު އަށެއް ޖަހައި ބޮޑުވެއްޖެއެވެ. އެ ކުޑަކުޑަ އާއިލާގެ ހަތަރު މީހުން ތައްޔާރުވަމުން ދިޔައީ ރޭގަނޑުގެ ކެއުމަށެވެ. މޭޒުދޮށުގައި ތިބެފައި ޒީނިޔާ ކުއްލިއަކަށް ސުވާލުކުރިއެވެ.

“މަންމާ، ކީއްވެ ޒަކުވާން ބޭބެގެ ފެމެލީ ދެކެ އެހާ ރުޅިއަންނަނީ؟ އެމީހުން މަންމައަށް ކޮން ކަމެއް ކުރީ؟ ދެން ކީއްވެ ދޮންތިއަށް އެހެން ކަންތައް ކުރަންވީ؟ މިހާރު ދޮންތީވެސް އެހުރީ ބޮޑުވެފާ…”

ޒީނިޔާގެ އެ ސުވާލުތަކުން ޒުލޭޚާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެ ކުޑަކުޑަ ޒީނިޔާގެ ފަރާތުން އެ ފެނުނު ހިތްވަރާއި، ދެއްކި ބޮޑެތި ވާހަކަތަކުން ޒުލޭޚާ ހުރީ ކޮސްވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

“މިހާރު ޒީނިޔާ ކައިރީ ޒަކުވާން ވާހަކަ ދެއްކީ ދޯ؟ އެމީހުންނާ ވާހަކަދެއްކޭނެ ކަމަށް ހީނުކުރާތި! ނުވާނެ އެމީހުންނާ ވާހަކަދައްކައިގެން،” މުހައްމަދުފުޅުގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި އަމުރުވެރިކަމެވެ.

ޒައިނާގެ ހިތަށް އެރި ތަދުން، ކުރިމަތީގައި އިން ތަށިން އެންމެ އެތިކޮޅެއްވެސް ނުކައި، ބާރަށް ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ބާރަށް ލެއްޕިއެވެ. ޒައިނާގެ ލޮލުން އޮހެމުންދިޔަ ހޫނު ކަރުނަތިކިތައް ބާލީސް މައްޗަށް އެޅެމުން ދިޔައެވެ.

“ދޮންތީ ދޮރު ހުޅުވަބަލަ… މީ ޒީނިޔާއޭ،” ޒީނިޔާ މަޑުމަޑުން ދޮރުގައި ޓަކިދެމުން ގޮވަމުން ދިޔައެވެ. އޭނާގެ ހިތްވެސް ވަނީ ދޮންތީގެ ހިތާމައިގައި ބައިވެރިވެ، ކުދިކުދިވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*