“ހަވަނަ ޖީލުގެ” އަލިފާނުގެ ހާދިސާތައް: ޔޫރަޕަށް ކުރިމަތިވެފައިވާ ބިރުވެރި އިންޒާރެއް

ފޮޓޯ އަލް ޖަޒީރާ

ޔޫރަޕްގެ ބައްރަކީ މިހާރު ތިމާވެށީގެ ގޮތުން ނުރައްކާތެރި މަރުހަލާއަކަށް ދަތުރުކުރަމުންދާ ސަރަހައްދެކެވެ. ޔޫރަޕްގެ ފަރުތަކާއި ގަސްގަހާގެހިތަކުގެ ފުޅާ ސަރަހައްދުތަކެއްގައި އަލިފާން ރޯވަމުންދާއިރު، މިއީ ކުރިން ފެނިފައި ނުވާފަދަ ބާރުމިނެއްގައި ހިނގަމުންދާ ކަންކަމެވެ. ގަސްގަހާގެހި ހިއްކާލާ ވަރުގަދަ ހޫނު ރާޅުތަކާއި، އަލިފާންގަނޑު ރޯވިހާ އަވަހަކަށް މުޅި ސަރަހައްދަށް ފަތުރާލާ ބާރުގަދަ ވައިރޯޅިތަކުގެ ސަބަބުން މި ހާދިސާތައް ދަނީ ކޮންޓްރޯލުން ނެއްޓި ފުޅާވަމުންނެވެ.

އަލްޖަޒީރާގެ ޑޭޓާ ޔުނިޓުން ނާސާގެ މޮޑިސް (MODIS) އަދި އެފްއައިއާރުއެސް (FIRMS) ސެޓެލައިޓްތަކުން ކުރި ތަހުލީލުތަކަށް ބަލާއިރު، އެކްޓިވް ފަޔަރ ހޮޓްސްޕޮޓްތައް ނުވަތަ އަލިފާން އެންމެ ގަދައަށް ރޯވެފައިވާ ސަރަހައްދުތައް ހުރީ ސްޕެއިން، ފްރާންސް، ޕޯޗުގަލް އަދި އިޓަލީގައެވެ. ނަމަވެސް މިއަށްވުރެ ސީރިއަސް ހާލަތެއްގައި ހޮޓްސްޕޮޓްތައް ފާހަގަކުރެވެނީ ހަންގޭރީ، ގްރީސް އަދި ތުރުކީގައެވެ. އަބްދުﷲ ސުއްކާރު އަލްޖަޒީރާއަށް ތައްޔާރުކުރި ރިޕޯޓުގައިވާ ގޮތުން، މި ގައުމުތަކުގެ ބޮޑެތި ސަރަހައްދުތަކުގައި އަލިފާނުގެ ނުރައްކާ މިހާރު އޮތީ އިންތިހާ ދަރަޖައަށް މަތީގައެވެ.

މި ހާދިސާތަކާ ގުޅޭގޮތުން މޫސުމާއި ތަޣައްޔަރުވުމާ ބެހޭ ‘ގްލޯބަލް 2000’ ޖަމިއްޔާގެ މެމްބަރު ދިއާލާ އަލް ހުސެއިން ކަށަވަރުކޮށްދެއްވާ ގޮތުގައި، ޔޫރަޕުން މިހާރު ފެންނަނީ އާދައިގެ މޫސުމީ އަލިފާންގަނޑުތަކެއް ނޫނެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ގަދަވެ، ގިނައިން ހިނގާނެ “ހަވަނަ ޖީލުގެ” އަލިފާނުގެ ހާދިސާތަކެވެ. 2050 ވަނަ އަހަރު ވާނެ ކަމަށް މީގެ ކުރިން ސައިންސްވެރިން ބިރުގަތް ކަންތައްތައް މިއަދު މިވަނީ ފެންނަން ފަށާފައެވެ. ފިނިހޫނުމިން މައްޗަށް ދިއުމާއި، ހޫނު މޫސުމުގެ ކުރީކޮޅު ގަސްތައް ހިކުމާއި، ގަދަ ވައިރޯޅިތަކަކީ ކޮންމެ ވަރުގަދަ އަލިފާނެއް ރޯވުމަށް ބޭނުންވާ “ޕާފެކްޓް މިކްސް” ނުވަތަ އެންމެ އެކަށޭނެ މާހައުލެވެ.

މި ބިރުވެރި ބަދަލުގެ އަސްލަކީ މޫސުމަށް އަންނަ ބަދަލުތަކެވެ. ދިއާލާ ފާހަގަކުރައްވާ ގޮތުގައި ޔޫރަޕްގެ “ހޫނުވުން” ސީދާ ގުޅިފައިވަނީ އާކްޓިކް ސަރަހައްދުގެ އައިސް ގިރާވުމާއެވެ. މީގެ ސަބަބުން ޖެޓް ސްޓްރީމަށް އަސަރުކޮށް، ހޫނު ރާޅުތަކަށް މަގުފަހިވެއެވެ. އަދި ހިކިފައިވާ ގަސްތައް މި އަލިފާންގަނޑުތަކަށް ބޭނުންވާ “ތެލަކަށް” ވެގެންދެއެވެ. އަލިފާނުގެ ބާރުމިނާއި ފިނިހޫނުމިން މަތިވުމުގެ ސަބަބުން ވަށައިގެންވާ ވައި ހޫނުވެ، އަމިއްލައަށް ވައިގެ ދައުރުވުންތަކެއް އުފައްދައި، އަލިފާންގަނޑު އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ބާރު ހޯދައެވެ.

މީގެ އިގްތިސާދީ އަދި ތިމާވެށީގެ ނޭދެވޭ އަސަރުތައްވެސް އިންތިހާއެވެ. ގުދުރަތީ ކާރިސާތަކުގެ ހަރަދުތައް ފޫބެއްދުމަށް ބޭނުންކުރާ “ރިސްކް އެންޑް ޑޭމަޖް ފަންޑަށް” ޔޫރަޕްގެ ބައްރަށް ބަރޯސާނުވެ، މި ބޮޑު ކާރިސާއާ ކުރިމަތިލުމަކީ ދަތި ކަމެކެވެ. ހައިރާންވާ ފަދަ ތަފާސްހިސާބަކީ، ދުނިޔޭގެ ފަޅުތަކުގައި އަލިފާން ރޯވުމުގެ %65 ސްޕެއިން އެކަނިވެސް ރެކޯޑްކޮށްފައިވުމެވެ. މި އަލިފާންގަނޑުތަކުން ބޭރުވާ ކާބަން ޑައިއޮކްސައިޑްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އިތުރަށް ގޯސްވާ “ފީޑްބެކް ސައިކަލް” އެއް މިވަނީ އުފެދިފައެވެ.

މި ނުރައްކާ އޮތް މިންވަރު ވަޒަންކޮށްލުމަށް ސްޕެއިންގެ ހާލަތަށް ބަލާލުން ފުދެއެވެ. 2026 ވަނަ އަހަރު ފެށުނު ފަހުން އެ ގައުމުގައި އަލިފާނުގެ ހާދިސާތަކުގައި 152,000 ހެކްޓަރަށް ވުރެ ގިނަ

މީގެ އިގްތިސާދީ އަދި ތިމާވެށީގެ ނޭދެވޭ އަސަރުތައްވެސް އިންތިހާއެވެ. ގުދުރަތީ ކާރިސާތަކުގެ ހަރަދުތައް ފޫބެއްދުމަށް ބޭނުންކުރާ “ރިސްކް އެންޑް ޑޭމަޖް ފަންޑަށް” ޔޫރަޕްގެ ބައްރަށް ބަރޯސާނުވެ، މި ބޮޑު ކާރިސާއާ ކުރިމަތިލުމަކީ ދަތި ކަމެކެވެ. ހައިރާންވާ ފަދަ ތަފާސްހިސާބަކީ، ދުނިޔޭގެ ފަޅުތަކުގައި އަލިފާން ރޯވުމުގެ %65 ސްޕެއިން އެކަނިވެސް ރެކޯޑްކޮށްފައިވުމެވެ. މި އަލިފާންގަނޑުތަކުން ބޭރުވާ ކާބަން ޑައިއޮކްސައިޑްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އިތުރަށް ގޯސްވާ “ފީޑްބެކް ސައިކަލް” އެއް މިވަނީ އުފެދިފައެވެ.

މި ނުރައްކާ އޮތް މިންވަރު ވަޒަންކޮށްލުމަށް ސްޕެއިންގެ ހާލަތަށް ބަލާލުން ފުދެއެވެ. 2026 ވަނަ އަހަރު ފެށުނު ފަހުން އެ ގައުމުގައި އަލިފާނުގެ ހާދިސާތަކުގައި 152,000 ހެކްޓަރަށް ވުރެ ގިނަ ސަރަހައްދު ވަނީ ހަލާކުވެފައެވެ. މިއީ މުޅި 2025 ވަނަ އަހަރާ އަޅާބަލާއިރު ހަ ގުނަ އިތުރު އަދަދެކެވެ.

ނިންމާލަމުން ސުއްކާރު ފާހަގަކުރައްވަނީ، މި އަލިފާންގަނޑުތަކަކީ ހަމައެކަނި ފާއިތުވެދާނެ މޫސުމީ ކަމެއް ނޫން ކަމަށެވެ. މިއީ ޔޫރަޕްގެ ބައްރަށް ކުރިމަތިވެފައިވާ މޫސުމީ ފުން ބަދަލެއްގެ ނުރައްކާތެރި އިންޒާރެކެވެ. މި ކާރިސާ ކުޑަކުރުމަށްޓަކައި ތިމާވެށީގެ، އިގްތިސާދީ އަދި ސިޔާސީ ފެންވަރުގައި ވަގުތުން ވަގުތަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން މިއަދު މިވަނީ ސާފުވެފައެވެ.

ވަނީ ހަލާކުވެފައެވެ. މިއީ މުޅި 2025 ވަނަ އަހަރާ އަޅާބަލާއިރު ހަ ގުނަ އިތުރު އަދަދެކެވެ.

ނިންމާލަމުން ސުއްކާރު ފާހަގަކުރައްވަނީ، މި އަލިފާންގަނޑުތަކަކީ ހަމައެކަނި ފާއިތުވެދާނެ މޫސުމީ ކަމެއް ނޫން ކަމަށެވެ. މިއީ ޔޫރަޕްގެ ބައްރަށް ކުރިމަތިވެފައިވާ މޫސުމީ ފުން ބަދަލެއްގެ ނުރައްކާތެރި އިންޒާރެކެވެ. މި ކާރިސާ ކުޑަކުރުމަށްޓަކައި ތިމާވެށީގެ، އިގްތިސާދީ އަދި ސިޔާސީ ފެންވަރުގައި ވަގުތުން ވަގުތަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން މިއަދު މިވަނީ ސާފުވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*