އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ދެ ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ ހަ މީހަކު ޝަހީދު ވެއްޖެ

ޣައްޒާ: އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ރޭގަނޑާއި ފަތިސްގަޑީގައި ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، ދެ ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

ޣައްޒާގެ މެޑިކަލް މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭގަނޑާއި ހުކުރު ދުވަހުގެ ފަތިސް ގަޑިތަކުގައި އިސްރާއީލުން ވަނީ ޣައްޒާ ސްޓްރިޕްގެ ދެކުނާއި، މެދުތެރެ އަދި އުތުރުގެ އެކި ސަރަހައްދުތަކަށް ސިލްސިލާ ރޭޑްތަކެއް ޖަހާފައެވެ. މި ހަމަލާތަކުގައި ހަ މީހަކު ޝަހީދުވެފައިވާއިރު، 20 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ޣައްޒާގައި ހުންނަ އަލްޖަޒީރާގެ މުވައްޒަފު ނޫރު ޚާލިދު ވިދާޅުވި ގޮތުގައި، އިސްރާއީލުން ހިންގި މި އަނިޔާވެރި އޮޕަރޭޝަންތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވަނީ ބިރުވެރި، ލޭއޮހޮރުވުން ބޮޑު ރެއެއް ތަޖުރިބާކުރަން ޖެހިފައެވެ.

މި ހަމަލާތަކުގެ ތެރެއިން އެންމެ ހިތްދަތި އެއް ހާދިސާ ހިނގާފައިވަނީ ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ހުޅަނގުން އަލް މަވާސީ ސަރަހައްދުގައެވެ. ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުންދިޔަ ޓެންޓަކަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން 8 އަހަރުގެ އަންހެން ކުއްޖަކު ހިމެނޭ ގޮތަށް ދެ މީހަކު ވަނީ ޝަހީދުވެފައެވެ. ނާސިރު ހޮސްޕިޓަލުގެ މެޑިކަލް މަސްދަރުތަކުން ބުނާ ގޮތުގައި، މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސްއެވެ.

ޚާން ޔޫނިސް އަކީ މިހާރު ޣައްޒާގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދަށް ވާއިރު، އެ ސަރަހައްދުގައި ލައްކައެއްހާ މީހުން ދަނީ ތޮއްޖެހިގެން ދިރިއުޅެމުންނެވެ. އިސްރާއީލުގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ޓެންޓްތައް ހަލާކުވެ، އެތައް އާއިލާއެއް ވަނީ އަނެއްކާވެސް މަގުމަތިވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.

*