ބްރެޒިލްގެ ރޮނާލްޑީނިއޯ ފުރަތަމަ ޕްރެޒެންޓޭޝަން ބާއްވާނެ ތާރީހު އިޓަލީގެ ކްލަބަކުން އިއުލާންކޮށްފި

ކިޔާލާ.ކޮމް

އިޓަލީގެ ތިން ވަނަ ޑިވިޝަންގައި ކުޅޭ އިޓަލީ ކްލަބް ރަވެނާ އިން ތައްޔާރުވަމުން އަންނަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު މެރީނާ ޑި ރަވެނާގެ ގޮނޑުދޮށުގައި ބާއްވާ އިވެންޓެއްގައި އެ ކްލަބުގެ ކުރީގެ ބްރެޒިލް ތަރި ރޮނާލްޑީނިއޯ ބައިވެރިވުމާއެކު އާ 2026/27 ސީޒަނަށް ޓީމު ހަދިޔާ ކުރުމުގެ ހާއްސަ ރަސްމިއްޔާތެކެވެ.

ބުދަ ދުވަހު “ލާ ގަޒެޓާ ޑެލޯ ސްޕޯޓް” ނޫހުގެ ވެބްސައިޓުގައިވާ ގޮތުން އިޓަލީގެ ތިން ވަނަ ޑިވިޝަންގައި ވާދަކުރާ ޓީމު ޕްރެޒެންޓް ކުރުމަށް އެކަނި ނޫން ނަމަވެސް މިއުޒިކާއި މުނިފޫހިފިލުވުމާއި ހާއްސަ ޝޯތައް ހިމެނޭ ބޮޑު އާންމު އުފާފާޅުކުރުމަކަށް ބަދަލުވާނެ އެވެ.

މި ހަރަކާތުގައި ފުރަތަމަ ޓީމުގެ ކުޅުންތެރިންނާއި، ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނާއި، ޒުވާނުންގެ ދާއިރާގެ މެމްބަރުން ބައިވެރިވާނެއެވެ. އުފާފާޅުކުރުންތައް ފަށާނީ މެންދުރު ފަހު މިއުޒިކަލް ޕާފޯމަންސްތަކުން ކަމަށާއި، އޭގެ ކުރިން ހަވީރު ޓީމް ޕްރެޒެންޓޭޝަން އަދި މުނިފޫހިފިލުވުމުގެ ޝޯތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ރަވެނާ އެފްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ “އެއީ ހަމައެކަނި ޓީމް ޕްރެޒެންޓޭޝަނެއް ނޫން ކަމަށާއި، ހަގީގީ ބީޗް ޕާޓީއަކަށް ވާނެ ކަމަށާއި، އެ މުނާސަބަތަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މިއުޒިކަލް ޕާފޯމަންސަކާ އެކު” ކަމަށް ބުނެފައިވެ އެވެ.

ހަގީގަތުގައި ރޮނާލްޑީނިއޯ އެނބުރި ދަނޑަށް އަންނަނީ ތަ ؟

މިކަމާ ގުޅޭ ގޮތުން ބަލާއިރު، ރޮނާލްޑީނިއޯ ޓީމުގެ ރޮސްޓާސްގައި ހިމެނުމަކީ ހަމައެކަނި ބައިވެރިވުމަށް ނޫން ކަމަށާއި މާކެޓިން ކޮންޓްރިބިއުޝަނަށް ވެސް ކަމަށް ބެލެވޭ ކަމަށް ކުރިން ކްލަބުގެ ޝަރަފުވެރި ނައިބު ރައީސް އަރިއެޑޯ ބްރައިޑާގެ ބަޔާންތަކާ ހަވާލާދީ ދަ ސަން ނޫހުން ބުނެ އެވެ.

ބާސެލޯނާ އަދި މިލާންގެ ކުރީގެ ތަރި 2026/27 ސީޒަން ފެށުމާއެކު އިޓަލީގެ ތިންވަނަ ޑިވިޝަން ސެރީސީގައި ބައިވެރިވާނެ ކަމުގެ އުންމީދުތައް ބްރެޑާ ވަނީ ފުނޑުފުނޑުކޮށްލާފައެވެ.

އޭނާ ބުނީ ރޮނާލްޑީނިއޯ އަހަރެމެންނާއެކު މާކެޓިން އިވެންޓެއްގައި ބައިވެރިވި ނަމަވެސް އަންނަ ސީޒަނުގައި ތިން ވަނަ ޑިވިޝަނުގައި ރަވެނާއާ އެކު ނުކުޅެވޭނެ ކަމަށެވެ.

Be the first to comment

Leave a Reply

Your email address will not be published.


*