މ. މުލަކު ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ބާއްވާ 4 ވަނަ ޤުރުއާން މުބާރާތް މި އަހަރު ވެސް ކުލަގަދަކޮށް ބޭއްވުމަށްޓަކައި އެތަކެއް ތައްޔާރީތަކެއް ވާން ފަށައިފިއެވެ.
މުލަކު ކައުންސިލުން ހާމަކުރި ގޮތުގައި މިއީ އެ ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ކީރިތި ޤުރުއާނަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ކައުންސިލުން އިސްނަގައިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މުހިންމު މުބާރާތެކެވެ.
މި މުބާރާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މުލަކު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލް ވިދާޅުވީ، “މި މުބާރާތަކީ މުލަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންގެ މެދުގައި ކީރިތި ޤުރްއާނަށް އޮތް ލޯބި އިތުރުކުރުމަށާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ އަހައްމިއްޔަތުކަން އުނގަންނައިދީ، އެކަމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މުބާރާތެއް،” ކަމަށެވެ.
މި އަހަރުގެ މުބާރާތް ވެސް މައިގަނޑު ދެ ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ނުބަލައި ކިޔެވުމުގެ ގޮތްޕާއި، ބަލައިގެން ކިޔެވުމުގެ ގޮތްޕެވެ. މި ދެ ގޮފީގައި ވެސް އެކި ޢުމުރުފުރާތަކަށް ފުރުޞަތު ހުޅުވާލެވިގެންދާނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
މިއީ މުލަކު ކައުންސިލުން މި މުބާރާތް ބާއްވާ 4 ވަނަ ފަހަރެވެ. ވޭތުވެދިޔަ 3 އަހަރު ވެސް މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާއިރު، އެ ރަށުގެ ރައްޔިތުންނާއި ބެލެނިވެރިންގެ ފަރާތުން މި މުބާރާތަށް ބޮޑު ތަރުޙީބަކާއި ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ކައުންސިލުން އުންމީދު ކުރަނީ ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މުބާރާތަކީ ވެސް ގިނަ ބައިވެރިންތަކަކާއެކު ފޯރިއާއި ވާދަވެރިކަން ފެނިގެންދާނެ ކާމިޔާބު މުބާރާތަކަށް ވެގެންދާނެ ކަމަށެވެ

Leave a Reply