ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ޔާރާ ޕްރޮޑަކްޝަނުން މިފަހަރު މުޅިން އައު ފިލްމެއް އާންމުންނަށް ގެނެސްދިނުމަށް ތައްޔާރުވެ، އެ ފިލްމުގެ ފުރަތަމަ ޓްރެއިލާ ރަސްމީކޮށް ދޫކޮށްލައިފިއެވެ.
“ދެވި” މި ނަމުގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ ސޯޝަލް މީޑިއާއަށް ދޫކޮށްލިތާ އެންމެ 28 ގަޑިއިރު ވެސް ނުވަނީސް، ބޮޑު ތަރުޙީބެއް ލިބި، އެތައް ހާސް ވިއުސްއެއް ވަނީ ހޯދާފައެވެ. ޓްރެއިލާއަށް ލިބެމުންދާ ތަރުހީބަށް ބަލާއިރު، މި ފިލްމު ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.
ތަފާތު އެކި ރަހަތައް އެކުލެވިގެންވާ މި ފިލްމުގައި ދިވެހި ސިނަމާގެ މަގުބޫލު ބަތަލާ މަރިޔަމް އައްޒަގެ ވަރަށް މޮޅު އަދި ތަފާތު އެކްޓިންއެއް ފެނިގެންދާނެއެވެ. މީގެ އިތުރުން ފިލްމުގައި ހިމެނޭ އެހެނިހެން ހުނަރުވެރި ތަރިންގެ ފަރާތުން ވެސް ފާހަގަކޮށްލެވޭ ފަދަ މޮޅެތި ހުނަރުތަކެއް މި ފިލްމުން ފެނިގެންދާނެ ކަމަށް ޓްރެއިލާއިން ވަނީ ދައްކުވައިދީފައެވެ.
މި ފިލްމުގެ ޓިކެޓް މިހާރު ވަނީ އޮންލައިންކޮށް ބުކް ކުރުމަށް ހުޅުވާލާފައެވެ. އެގޮތުން ފިލްމުގެ ބުކިންގ ހެއްދުމަށްޓަކައި 7424544 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ

Leave a Reply