ޝިނާން 02

ކިޔާލާ.ކޮމް

އަނެއް ދުވަހު އޮފީހަށް އައި ގޮތަށް ލުބާ ސީދާ މިސްރާބު ޖެހީ ޝިނާންގެ ކެބިންއާ ދިމާއަށެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ، ޝިނާންގެ މޭޒު ކުރިމައްޗަށް ހުއްޓި، ވަރަށް ލާނެތް ގޮތަކަށް އަހާލިއެވެ. “މޭ އައި ހޭވް އަ ސީޓް، ބޮސް؟”
ޝިނާން އިސްއުފުލައި ބަލައިލިއެވެ. އެތެރެއިން އަރަމުން އައި ރުޅިގަނޑު މައިތިރިކުރަން މަސައްކަތް ކުރަމުން އޭނާ އަހައިލިއެވެ. “ލުބާ… ކަމަކުތަ؟”
“ޔެސް… ދެން ބޮސް ކައިރިއަށް އަންނާނީ ކަމަކު ނޫންތަ؟ އޫފް، ބޮސްއެއް ނޫން ދޯ… މައި ފިއުޗަރ ހަޒް…” ލުބާއަށް ބުނެވުނީ މި ހިސާބަށެވެ.
“އިނަފް ލުބާ! ގެޓް އައުޓް!” ޝިނާންއަކަށް އިތުރަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ގޮނޑިން ތެދުވެ، އަޑަށް ބާރުލާފައި ބުންޏެވެ.
“ދެން ޝިންނު ބޭބީ، ތިހެން ނުހަދާބަލަ! އަދި ހިތްފުރޭވަރަށް ބަލައިވެސް ނުލެވެޔޭ މިއަދު،” ލުބާ އެއްވެސް ޖެހިލުމެއް ނެތި، ނާޒުކު ގޮތަކަށް ބުނެލިއެވެ.

ޝިނާން ކެތްތެރިކަން ކޮޅުންލައިގެން، ގަދަކަމުން ލުބާ ކެބިންއިން ނެރުމަށްޓަކައި ކުރިއަށް ޖެހިލިއެވެ. އަދި ލުބާގެ އަތުގައި ހިފާ، ދޮރާ ދިމާއަށް ދަމައިގަންނަމުން ބަލައިލިއެވެ. އެވަގުތު ލުބާ ލޯބިން ފުރިގެންވާ އަޑަކުން ބުނެލިއެވެ. “ވާއު… ތިހެން ހިފީމަ މިއޮށް ވާގޮތެއް!”
އެ އަޑާއި ބަސްތަކުން ޝިނާން ސިހި، ވަގުތުން ލުބާގެ އަތުން ދޫކޮށްލެވުނެވެ. “ސޮރީ! ގަސްތުގައެއް ނޫން!” ޝިނާންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
“އެ އޯކޭ ވާނެއޭ ބޭބީ! ލަވް ބަރޑްސް އުޅޭނީ މިހެންނޭ،” ލުބާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.
ޝިނާން އަނެއްކާވެސް ކުރިއަށްވުރެ ބާރަށް، އިންޒާރެއްގެ ރާގުގައި ބުނެލިއެވެ. “ބުނީމެއްނު އަހަރެން މީ ލުބާގެ ބޮސްއޭ! ނިކުމޭ މިތަނުން!”

“ކާމް ޑައުން ބޭބީ، މަ ގޮސްފާނަމޭ. އަދި އަންނާނަން އިނގޭ،” މިހެން ބުނެފައި ލުބާ، ޝިނާންގެ ކެބިން އިން ނުކުމެގެން ދިޔައެވެ.
އަދި އިރުކޮޅެއްގެ ތެރޭގައި ޝިނާންގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަކްމަލްގެ ފޯނެއް ޝިނާނަށް އައެވެ. ޝިނާން ފޯނު ނެގިއެވެ.
“އޭ ކީކޭ އަކޭ؟ ކަލޭ ހާދަ ނުގަޑިއެއްގަ!” ޝިނާން އެހިއެވެ.
“އާނ، ރިސޯޓުން ޗުއްޓީ ނަގައިގެން މިއައީ ކަލެއަށް ސަޕްރައިޒެއް ދޭން ނުބުނެ. ހިނގާބަލަ ކާން ދާން!” އަކްމަލް ބުންޏެވެ.
އަކްމަލަކީ ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ. މާލެ އައިސް އޭނާ އެންމެ ފުރަތަމަ ވެސް ބޭނުންވީ އެކުވެރިޔާއާ ބައްދަލުކޮށްލާށެވެ.
“އާނ، އާދޭ އޮފީސް ކައިރިއަށް،” ޝިނާން ޖަވާބު ދިނެވެ.
އަކްމަލް އައުމުން ދެ އެކުވެރިން މާލޭގެ ހިތްގައިމު ރެސްޓޯރެންޓް “ސީވިއު” އަށް ކާން ދިޔައެވެ.
އިށީނދެވުމާއެކު ޝިނާން، އަކްމަލަށް ސުވާލުތައް އޮއްސާލިއެވެ.”ކޮންމެހެން މަށަށް ސަޕްރައިޒް ދޭކަށް ނޫން ދޯ؟ ތިއައީ ކޮން ކަމަކާ؟ އޯ، ތި ޗުއްޓީ ނެގީ؟ ސަމާސާ ރާގަކަށް ޝިނާން އަކްމަލާ ސުވާލު ކުރިއެވެ .ހަމަޖެހިލާފައި ބުންޏެވެ. “އާނ، ކަލޭ މީހަކާ އިންނަން ނޫޅުނަކަސް މަގޭ ވާންއުޅޭ އަންބެއް އެބަހުއްޓޭ.”މިހެން ބުނުމުން ފެންބޯން ހުރި ޝިނާން ހެމުން ކޮށިއެރިއެވެ.”ވާންއުޅޭ އެއްނުން، އަދި ނުއެއް ވެއެއްނުން،” މިހެން ބުނުމާއެކު އަކްމަލް ޝިނާނަށް ރައްދު ދިނެވެ.”ހޫނ، ދެން މަށަށް މަލާމާތް ނުކޮށް، ޗިކެއް ހޯދަން އުޅެބަލަ ކަލޭ ވެސް.””ބްރޯ، ތިއެއް ނޫނޭ މި އުޅެނީ ވަރުގަދަ ކަމަކާ ލައިގަނެގެން. އޮފީހުގައި އުޅޭ ފާޑެއްގެ އަންހެން ކުއްޖެއް އަޅައިގަނެގެން. ހަމަޖެހިލައިގެން އޮފީހުގަ އިނދެވޭ ވަރެއް ނޫން.” ޝިނާން، އަކްމަލަށް ލުބާގެ ވާހަކަ ކިޔައިދޭން ފެށިއެވެ.އަކްމަލް ގާތަށް އައީ ހިންޏެވެ.
“ތީއީ ކަލެއަށް ވާވަރަކީ. މާ ރަނގަޅެއްނުން، އެކަމާ އުޅެބަލަ!” އަކްމަލް ބުންޏެވެ.
ޝިނާން ބުންޏެވެ. “އަޗީ މަ، ވަރަށް ފޫހިވޭ އެ ވައްތަރަށް ތެޅޭ އަންހެނުން ދެކެ. ލަދެއް ހަޔާތެއް ނެތް. މަށަށް މިހާރު އޮޅިއްޖެ މަ މީ ސީއީއޯ ކަންވެސް. ޖެހިލުމެއް ވެސް ނެތް އަންހެން ކުއްޖެއް އެއީ.”
“ހޫން ދެން ހިނގާ، ކައިގެން ދާން ކަލޭ އަކާ ހުރެ މި ނުކުތީވެސް. އަދި އެބަޖެހޭ މަސައްކަތް ކުރަން. އެހެންތަ؟ ކޮންކަހަލަ މަސައްކަތެއް؟” އަކްމަލް ޝިނާނާ ދިމާކޮށްލިއެވެ.
“ކަލޭ ނުވާނެ ރަނގަޅެއް،” ޝިނާން ވެސް ސަމާސާ ރާގަކަށް ބުނެލިއެވެ.
ކައިނިންމައިގެން އަކްމަލް އޭނާގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ޝިނާން ދިޔައީ އޮފީހަށެވެ.
އަނެއް ދުވަހު އޮފީހަށް ވަދެ ޝިނާނަށް ފާހަގަވީ، ލުބާ އޮފީހަށް ނާންނަކަމެވެ. “މިއަދު ހާދަހާ ބޮލަށް ފަސޭހަ ވާނެއެވެ.” ޝިނާނަށް ހިތާ ހިތުން ކިޔާލެވުނެވެ.

ވަގުތުތައް ހޭދަވަމުން ދިޔަ ވަރަކަށް ޝިނާނަށް ކޮންމެސް ފަޅުކަމެއް އިހުސާސް ވާން ފެށިއެވެ. ލުބާގެ ސޫރަ ސިފަވާން ފެށިއެވެ. އެހެންޏާ، “ލުބާއާ ހެދި ބޮލަށް އުނދަގޫވެގެން އުޅޭ މީހާއަށް މިއަދު މިވަނީ ކިހިނެއް؟” ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި އިންދައި ކާންދާ ގަޑިއަށް އަކްމަލް ގުޅުމުން ދެމީހުން ކާން ދިޔައެވެ. އިށީންދެ ވުމާއިއެކު އަކްމަލް ބުންޔެވެ.
“އަދޭ ކަލޭ، މިއަދު މާފާޑަކަށް ތި އިނަނީ އޮފީހުގަ އުޅޭ ޗިކު ކީއްކުރީ؟ އަނެއްކާ އޭނަ މިއަދު އޮފީހަކަށް ނާދޭ،” ޝިނާނަށް ބުނެވުނެވެ.
“އޯހް!” އަކްމަލް ދިމާކުރަން ފެށިއެވެ. “މިސް ވީ ދޯ؟ އެމަންޖެ މަތިން އަދިވެސް ބުނާނެ. ފޫހިވެޔޭ ކުރިން ކަލޭ އުޅޭ ގޮތެއް ނޫން. ތީ ކިހިނެއް ތިވަނީ؟”
ހޫން، އަދިވެސް ކަލޭގެ ވާންއުޅޭ އަނބިގޮއްޔެ މަށަށް އިންޓްރޮޑިއުސް ވެސް ނުކޮށްދެމެއްނުން. ކޮން ނަމެއް ކިޔާ މަންޖެއެއްތަ އެއީ؟” ޝިނާން ވާހަކަ ބަދަލުކޮށްލުމަށް މަސައްކަތް ކުރިއެވެ.
“ހޫން، ކޮންމެހެން ޓޮޕިކް ޗޭންޖް ކުރަން އުޅޭނެ ކަމެއް ނެތް. ހޫން… އޯކޭ އޯކޭ، ބައިދަވޭ އޭނައަށް ކިޔަނީ މާޔާ.” އަކްމަލް ހެމުން ހެމުން ބުންޏެވެ.
“ހޫނ، ދެން ކިޔައިދީބަލަ ލަވް ސްތޯރީ ޝިނާން އޭނާގެ ގާތް އެކުވެރިޔާ އަކްމަލް ގާތު ބުނެލިއެވެ.
އަކްމަލްގެ ތުންފަތްމައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، މާޔާއާ ދިމާވި ގޮތުގެ ވާހަކަ ޝިނާނަށް ކިޔައިދޭން ފެށިއެވެ.
“ދިމާވީ ރިސޯޓުން،” އަކްމަލް ވާހަކަ ފެށިއެވެ. “އޭނަ މަސައްކަތް ކުރަނީ އޭނަގެ ބައްޕަގެ ކުންފުނީގަ. އެމީހުންގެ ކުންފުންޏާއި އަހަރެމެންގެ ރިސޯޓާ ދެމެދު އޮތް މީޓިންގއަކަށް އޭނަ ރިސޯޓަށް އެރީ. އެއީ މަށަށް އޭނާ ގޮވައިގެން އުޅެން ޖެހުނީ. އެހެންވެ އޭނަގެ ނަންބަރުވެސް ލިބުނީ.”
އަކްމަލް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ދެން ކޮންމެ ގޮތެއް ވިޔަސް، ފެނުނުއިރަށް ހިތްކިޔާ ކަހަލަ މަންޖެއަކާ ވައްތަރުވެއްޖެ. ދެން ހިތަށްއެރީ ގޮތް ބަލައިލަން ޖައްސާނީއޭ. އަސްލުވެސް ހަމަ ވަރަށް ސަޅި މަންޖެއެއް އެއީ.”
ޝިނާން ޝައުޤުވެރިކަމާއެކު އަޑުއަހަން އިންދާ އަކްމަލް ފޮނި ހިނިތުންވުމަކާއެކު ބުނެލިއެވެ.
“މިހާރު އެކުގައި އުޅޭތާ އެއް އަހަރު މިވަނީ. ދެން އޮތީ މެރީ ކުރަންވީ ވަގުތު!”
ޝިނާން އުފަލުން ހީނގަނެފައި އަކްމަލްގެ ކޮނޑުގައި ޖަހައިލަމުން، އެ ދެމީހުންގެ ލޯތްބަށް ކާމިޔާބީއަށް އެދި މަރުޙަބާ ކިޔެވެ.
ހެވެއްނުން! މަ މީ ބެސްޓް ފްރެންޑް އޯ! އެއް އަހަރު ވަންދެން އެކުގައި އުޅެ ނިމުނުއިރުވެސް މަށަށް މި އެނގުނީ ދެންމެއަކު. އެވެސް މެރީ ކުރަންވީމަ ދޯ ޝިނާން ސަމާސާ ރާގެއްގައި ބުންޏެވެ.
“އޭ ސީރިއަސްކޮށޭ މިބުނީ! ކަލޭވެސް ދެން ބައިޓެއް ނަގާބަލަ!” އަކްމަލް ޝިނާނަށް ބަލައިލަމުން ބުންޏެވެ. “އެކަކު ކުރި ކަމަކުން ހުރިހާ އަންހެނުން ދެކެ ފޫހިވާން ވެއްޖެއްޔާ ނެތެއްނު ސަލާމަތެއް؟”
އަކްމަލް އެހެން ބުނެލުމުން ޝިނާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ހިނިތުންވެލަމުން ބުންޏެވެ.
“އާނ! ދެން ތިކަމާވެސް ވިސްނާނަން. ކަލޭ މެރީ ކޮށްގެން ދަރިން ލިބުނީމަ މަވެސް އުޅޭނަން ތިކަމާ!” ޝިނާން ސަމާސާ ރާގެއްގައި ބުނެލިއެވެ.
“ހޫނ، ހިނގާބަލަ ކައިގެން މަށާއެކު ގެއަށް ވަދެލަން. މަންމަ ވަރަށް ކަލޭގެ ވާހަކަ ދައްކައޭ،” އަކްމަލް ޝިނާން ގާތު ބުނެލިއެވެ.
“ކޮބާތަ މަރީނާތަ؟ ރަނގަޅުތަ؟” ޝިނާން އަކްމަލް ގާތު އަހައިލިއެވެ.
“އާނ، ރަނގަޅު. ދާނަން ދޯ؟” އަކްމަލް އަހައިލުމުން، “އާނ، ދާނަން،” ޝިނާން ޖަވާބު ދިނެވެ.
ކައި ނިންމާލައިގެން ދެ އެކުވެރިން އެކުގައި އަކްމަލްގެ ގެއަށް ދިޔައެވެ. ނަމަވެސް، ގެއަށް ވަދެވުނު އިރާއެކު ދެމީހުންނަށްވެސް އެއްފަހަރާ ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ

Be the first to comment

Leave a Reply

Your email address will not be published.


*