ދިވެހި މިއުޒިކީ ދާއިރާގައި “ފާލިޙް” އޭ ބުނުމުން މިހާރު ގިނަ ދިވެހިންނަކަށް އޮޅުމެއް ނާރާނެއެވެ. މަޤްބޫލު ބޮޑުބެރު ގްރޫޕެއް ކަމަށްވާ “އެންދެރި” ބޮޑުބެރު ގްރޫޕުގެ ހުނަރުވެރި ލަވަކިޔުންތެރިޔާ ފާލިޙްގެ މުޅިން އައު ލަވަ ސެޓެއް މިހާރު ވަނީ އާންމުންނަށް ދޫކޮށްލާފައެވެ.
13 ސެޕްޓެމްބަރ 2026 ވީ އާދިއްތަ ދުވަހު ނެރުނު މި އައު މަސައްކަތަކީ “ފާލިޙް މަޝްއަޕް 2 އެކްސް ލައި ” އެވެ. ރީތި، ހިތްގައިމު ލޯބީގެ ލަވަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި މަޝްއަޕްގައި ފާލިޙްއާއެކު އަންހެން އަޑުގެ ވެރިޔެއްގެ ގޮތުގައި ފެނިގެންދަނީ ހުނަރުވެރި ލަވަކިޔުންތެރިޔާ ލައި އެވެ. ދެ ލަވަކިޔުންތެރިންގެ އަޑުގެ ގުޅުމާއެކު މި ލަވަ ސެޓް ވަނީ ވަރަށް ފުރިހަމަކޮށް ގެނެސްދީފައެވެ.
މި ލަވަ ސެޓަށް ބަލައިލާއިރު، ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ “ދީވާނާ ވޭ މޫސުން”، “ހައިރާންވޭހެ ޗާލޭ ލޯ” އަދި “ކަލާޔާ ނުލާ ވާ ލޯބި އެނގޭނަމަ” ފަދަ ލޯބީގެ އެތައް ރީތި ލަވަތަކެއް މި މަޝްއަޕްގައި ވަނީ ހިމަނާފައެވެ.
މި މަޝްއަޕް ދޫކޮށްލުމާއެކު، ފާލިޙްގެ އަޑަށް ލޯބިކުރާ ގިނަ ފަރާތްތަކަށާއި އޭނާގެ ސަޕޯޓަރުންނަށް މި ލަވަ ސެޓު ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ. އަދި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި މަޝްއަޕަށް ތަޢުރީފުކޮށް، ފާލިޙް އާއި ލައިގެ ހުނަރަށް ސާބަސް ރައްދުކުރަމުންނެވެ.
މިހާރު ވަނީ ޔޫޓިބުން ބަލާލެވޭނެއެވެ
ޔޫޓިބު ލިންކް : https://www.youtube.com/watch?v=i1Loa2oDEUo

Leave a Reply