ހުޅަނގު އައްސޭރީގެ އަލް ބިރޭހް ސިޓީގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ މީހަކު މަރާލައިފި

ފޮޓޯ އަލް ޖަޒީރާ

އިސްރާއީލުގެ ޒަޔަނިސްޓު އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސިލްސިލާ އިތުރަށް ވަރުގަދަވެ، ހުޅަނގު އައްސޭރީގެ އަލް ބިރޭހް ސިޓީގައި އަނެއްކާވެސް ފަލަސްތީނުގެ އާންމު ރައްޔިތަކު ޝަހީދުކޮށްލައިފިއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އިސްރާއީލުގެ އަނިޔާވެރި ސިފައިން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގެ ތެރެއިންނެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ބަޑިޖަހައި މަރާލާފައިވަނީ އުމުރުން 54 އަހަރުގެ ޒިޔާދު މުހައްމަދު ޖާބަރެވެ. އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ “ޒިޔާދު މުހައްމަދު ޖާބަރު (54 އަހަރު) މަރުވެފައިވަނީ އުއްމުލް ޝަރަޔަތު އަވަށްޓެރި ސަރަހައްދަށް ހިސާރުކުރި ސިފައިންގެ ބަޑިޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކުގެ ސަބަބުން” ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސޮސައިޓީގެ މެޑިކަލް ޓީމުތަކުން ވަނީ ބަނޑަށާއި އުނަގަނޑަށް ދިރިހުރި ވަޒަނުގެ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ މީހަކަށް އަވަސް ފަރުވާ ދިނުމުގައި ހަރަކާތްތެރިވެފައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އެމްބިއުލާންސްގެ ތެރޭގައި ސީޕީއާރު ހަދައިގެން ފުރާނަ ސަލާމަތްކުރުމަށް ކްރޫއިން މަސައްކަތް ކުރި ކަމަށް ވެސް ރެޑް ކްރެސެންޓުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ލިބުނު ފުން އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ ޝަހީދުވެފައެވެ.

ޒިޔާދު މުހައްމަދު ޖާބަރު ޝަހީދުވުމާއެކު، ހުޅަނގު އައްސޭރީގެ އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން އިސްތިއުމާރީ ބާރުތަކުން ހިންގާ ރޭޑްތަކާއި، ދެމުންދާ ހަމަލާތަކާއި ބަޑިޖެހުންތަކުގައި މިއަހަރު ފެށުނު ފަހުން ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 100 އަށް ވުރެ މައްޗަށް އަރާފައެވެ. މިއީ އިސްރާއީލުން ފަލަސްތީނުގެ ނަސްލުހޭދަކުރުމަށް ހިންގާ ބޮޑު ޖަރީމާގެ ހިތި ހަގީގަތް ހާމަކޮށްދޭ އަދަދެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގައި އިސްރާއީލުން ލާއިންސާނީ ހަނގުރާމަ ފެށި ފަހުން، ހުޅަނގު އައްސޭރީގައިވެސް އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ދަނީ މެދުނުކެނޑި ފުޅާކޮށް ކުރިއަރުވަމުންނެވެ. މީގެ އިތުރުން، ހައްދުފަހަނައެޅި އިސްރާއީލުގެ ވަޒަންވެރިން، ފަލަސްތީނުގެ ރައްޔިތުންނަށާއި އެމީހުންގެ ގެދޮރާއި މުދަލަށް ދޭ ނުރައްކާތެރި ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މުޅި ފަލަސްތީނުގެ ބިމުގައި ސުލްހަ ގާއިމުވެވޭނީ އިސްރާއީލުގެ އަނިޔާވެރި އިސްތިއުމާރު ނިމުމަކަށް ގެނެވިގެންނެވެ.

Be the first to comment

Leave a Reply

Your email address will not be published.


*