ޒުވާން ލަވަކިޔުންތެރިޔާ އަޖޫ އަލީ: ލަވަކިޔުމުގެ ދަތުރާއި ކުރިމަގުގެ އުއްމީދުތައް

ކިޔާލާ.ކޮމް

މާލެ، ދިވެހިރާއްޖެ: ރާއްޖޭގެ މިއުޒިކީ ދުނިޔެއަށް އަލަށް ތަޢާރަފުވަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ އަޖޫ އަލީއަކީ، އޭނާގެ ހުނަރާއި ޝައުޤުވެރިކަމުން ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ފަންނާނެކެވެ. އޭނާގެ ލަވަ ކިޔުމުގެ ދަތުރާއި، އުއްމީދުތަކާ ބެހޭ ގޮތުން “މަސްދަރު” އަށް ދިން އިންޓަވިއު އަޖޫ ވަނީ ތަފްސީލު ހިއްސާކޮށްފައެވެ.

އަޖޫ ބުނި ގޮތުގައި، އޭނާ ލަވަ ކިޔަން ފެށީ އުމުރުން ނުވަ އަހަރުގައެވެ. ގޭތެރޭގައި މީހުން ލަވަ ކިޔާ އަޑު އިވުމުން، މަޑުމަޑުން މިއުޒިކަށް ޝައުޤުވެރިކަން އުފެދި، އެ ހިސާބުން ލަވަ ކިޔަން ފެށުނީއެވެ. ލަވަކިޔުމަށް އޭނާގެ ހިތުގައި ޖެހި ލޯތްބަކީ، ކުޑައިރުއްސުރެ ފެށިގެން އައި ލޯތްބެކެވެ.

ރާއްޖޭގެ ތިން ލަވަކިޔުންތެރިޔާއާ އެކު ޕާފޯމްކުރަން ފުރުސަތު ލިބިއްޖެ ނަމަ އިޚްތިޔާރު ކުރާނީ ކާކުތޯ ސުވާލުކުރުމުން، އަޖޫ ބުނީ އޭނާ އިޚްތިޔާރު ކުރާނީ އިޝާމް، ޝަލަބީ އަދި ޔައިޓޯ ކަމަށެވެ. މިއީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަޝްހޫރުވެފައިވާ ހުނަރުވެރި ތިން ފަންނާނުންނެވެ.

އޭނާގެ ލަވަކިޔުމުގެ ދަތުރުގައި އެންމެ ބޮޑު ނަމްބަރު ވަން ސަޕޯޓަރުންނަކީ ކާކުތޯ ސުވާލުކުރުމުން، އަޖޫ ބުނީ އޭނާގެ މަންމައާއި ބައްޕަ، އާއިލާ، ރައްޓެހިން އަދި އެކުވެރިންވެސް ވަރަށް ބޮޑު ސަޕޯޓެއް ދޭ ކަމަށެވެ. އެމީހުންގެ އެއްބާރުލުމާއި ހިތްވަރު ދިނުމަކީ އޭނާގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށް އަޖޫ ފާހަގަކުރިއެވެ.

އަޖޫއަށް އެންމެ ފޭވަރިޓް ލަވައަކީ، މަޝްހޫރު ބައިނަލްއަޤްވާމީ ފަންނާނު އަރިޖިތު ސިންހް ކިޔާފައިވާ “ބައި ޔޫ” ކަމަށް އޭނާ ހިއްސާކުރިއެވެ.

ލަވަ ކިޔަން ބޭނުންވިޔަސް ބިރުގަންނަ ނުވަތަ ކުރިއަށް ދާން އުނދަގޫވާ ޒުވާނުންނަށް އަޖޫ ދޭ ނަސޭހަތަކީ ވަރަށް މުހިންމު ނަސޭހަތެކެވެ. “މިއީ އުނދަގޫ ދަތުރެއް، އަދި ވަރަށް ގިނަ ފަހަރު މާޔޫސްކަން އިހްސާސް ވެދާނެ. އެކަމަކު ދުލެއް ނުލާށެވެ. ކާމިޔާބީ ކޮންމެ ވަގުތަކުވެސް އަތުވެދާނެ، އަދި އަޅުގަނޑުމެންގެ ބުރަ މަސައްކަތުން ބަދަލެއް އަންނާނެ ދުވަހެއް ވެސް ނޭނގެ. އެހެންވީމާ، ގަދައަޅައި މަސައްކަތް ކޮށް، އެންމެ ރަނގަޅަށް މަސައްކަތް ކުރާށެވެ.” އަޖޫ ބުންޏެވެ.

ޒުވާން އަޖޫ އަލީގެ މި ހިތްވަރުގަދަ މެސެޖާއި، އޭނާގެ ހުނަރުން ދިވެހި މިއުޒިކީ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*