އިންޑިއާގެ ތާރީހީ މިސްކިތެއްގެ ބައިތައް މުސްލިމުން ތަޅާލަނީ ރޮމުން: ބުލްޑޯޒަރުތަކުން ސަލާމަތްކުރަން ކުރި ހިތްދަތި މަސައްކަތް

ފޮޓޯ އަލް ޖަޒީރާ

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އުޖައިން ސިޓީގައި ހުންނަ ތާރީޚީ “ޝާހީ މިސްކިތް” ސަރުކާރުގެ ބުލްޑޯޒަރުތަކުން ތަޅައި ސުންނާފަތިކޮށްލުމުގެ ބަދަލުގައި، އެ މިސްކިތުގެ ބައެއް ބައިތައް މުސްލިމުން އަމިއްލަ އަތުން ރޮމުން ތަޅާލަން ޖެހުނު ހިތްދަތި މަންޒަރުތަކެއް ފެނިގެން ހިނގައްޖެއެވެ

.

މި ހާދިސާ ހިނގާފައިވަނީ މަދްޔަ ޕްރަދޭޝް ހައިކޯޓުގެ ނިންމުމަކާ ގުޅިގެން، މިސްކިތުގެ ހޯލާއި މުންނާރު ތަޅާލަން ލޯކަލް އޮތޯރިޓީތަކުން ނިންމި ނިންމުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ތާއީދުކުރުމާ ގުޅިގެންނެވެ. ރަސްމީކޮށް އިސްލާމިކް އެންޑޯމެންޓް (ވަގުފު) އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މި މިސްކިތުގެ އިދާރާއިން މުނިސިޕަލްޓީގެ ނިންމުމާ ދެކޮޅަށް ހުށަހެޅި ހުރިހާ ޕެޓިޝަންތަކެއް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކުގެ މި ނިންމުމާ ދެކޮޅަށް އެ ސަރަހައްދުގެ މުސްލިމުން ހޯމަ ދުވަހު ވަރުގަދަ މުޒާހަރާތަކެއް ފެށިއެވެ. ނަމަވެސް، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ކަރުނަގޭސް ޖަހައިގެން މުޒާހަރާގެ ބައިވެރިން ރޫޅާލައި، ސަރަހައްދު ފިއްތާލާފައެވެ.

އިންޑިއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ގާތްގަނޑަކަށް 600 އަހަރު ވީ މި ތާރީޚީ ޝާހީ މިސްކިތުގެ ބައިތައް ތަޅާލަމުން ދިޔައިރު، މުސްލިމުން ދިޔައީ ކަރުނަ އަޅައި ބާރަށް ރޮމުންނެވެ. މިސްކިތުގެ ކޮމިޓީގެ މެންބަރުންނާއި އާންމު މުސްލިމުން އަމިއްލައަށް ނިކުމެ، މިސްކިތުގެ ފާހަގަކޮށްލެވޭ ތިން ފޫޓުގެ ބައެއް ހުސްއަތުންނާއި ކުދި އާލާތްތައް ބޭނުންކޮށްގެން ތަޅާލަން މަޖުބޫރުވީ، ރަސްމީ އިދާރާތަކުން ބުލްޑޯޒަރު ބޭނުންކޮށްގެން މުޅި އިމާރާތަށް ގެއްލުންދީ ސުންނާފަތި ކޮށްލިޔަ ނުދިނުމަށްޓަކައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ އެކި ކަންކޮޅުތަކުގެ މުސްލިމުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ތާރީޚީ އަދި ދީނީ ބިނާތަކަށް އަމާޒުކޮށް މިފަދަ ފިޔަވަޅުތައް އެޅުމަކީ މުސްލިމުންގެ ހައްގުތަކަށާއި ތަރިކައަށް އަރައިގަތުން ކަމަށް ގިނަ ބަޔަކު ދެކެއެވެ

Be the first to comment

Leave a Reply

Your email address will not be published.


*