ދޮންތަގެ ބޯ ހަމަޖައްސާލުމަށްޓަކައި ބޭރަށް ކާންދާން ލުބާ ނިންމިއެވެ. އަދި ޝިނާން ވެސް އެމީހުންނާ އެކީގައި ދާނެ ކަމުގައި ލުބާ ބުނުމުން، އެ ތިން މީހުން އެކުގައި މާލޭގެ ހިތްފަސޭހަ އަދި މާހައުލު ރީތި ރެސްޓޯރެންޓަކަށް ކާން ދިޔައެވެ. މޭޒު ކައިރީގައި އިށީނދެ، އެންމެން ކާތަކެއްޗަށް އޯޑަރު ދިނުމަށްފަހު ވާހަކަދައްކަން ތިއްބެވެ.
“ދޮންތައަށް ވަރަށް އުފާވެރި ޚަބަރެއް ދޭން ވެގެންނޭ މިއަދު މިތަނަށް މިއައީ،” މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ލުބާ ބުނެލިއެވެ.
ލީނާ ހައިރާންވެފައި އިނދެ، “އަނެއްކާ ކިހިނެއްވީ؟” އޭ ބުނެ އަހާލިއެވެ.
އެވަގުތު ލުބާގެ މޫނަށް ބަލައިލުމަށްފަހު، ޝިނާން އިސްނަގައި ވަރަށް އުފަލުން ބުންޏެވެ. “އަހަރެމެން ދެމީހުން މިހާރު މިތިބީ އެކުގައި… ލުބާއާއި އަހަރެން މިހާރު ލޯބީގެ ގޮތުން ގުޅިއްޖައިން.”
ޝިނާން މިހެން ބުނުމާއެކު، ލީނާގެ މޫނުމަތިން ފެނުނީ އިންތިހާއަށް ބޮޑު އުފާވެރިކަމެކެވެ. ކުރިން ހުރި ހިތާމަތައް އެއްފަރާތްކޮށް، ވަގުތުން ލުބާގެ ގައިގައި ލޯތްބާއެކު ބައްދާލިއެވެ. އަދި ދެމީހުންގެ މި ގުޅުމަށްޓަކައި ހިތުގެ އަޑިން މަރުޙަބާ ކިޔައި، ހެޔޮ ދުޢާ ކޮށްދިނެވެ.
ކައިނިމިގެން ލީނާ ގެއަށް ލުމަށްފަހު، ޝިނާން އަދި ލުބާ ދުއްވާލަން ނިކުތެވެ. މަގުތަކުގެ ހަލަބޮލިކަމުގެ ތެރެއިން ދުއްވަމުން ގޮސް، ހިތްފަސޭހަކޮށްލުމަށް އެ ދެމީހުން މަޑުކޮށްލީ އާޓިފިޝަލް ބީޗަށެވެ. ފިނި ރޯޅިތަކުން ހަށިގަނޑަށް ތާޒާކަން ގެނެސްދެމުން ދިޔަ އެ ވަގުތު، އުފާވެރި މާހައުލަކަށް ވެރިވެފައި އޮތެވެ.
އެތަނުން ކުއްލިއަކަށް ޝިނާނަށް ފެނުނީ އަކްމަލް އާއި އަކްމަލް ގެ ލޯބިވެރިޔާ މާޔާ އެވެ. އެމީހުން ފެނުމުން ޝިނާން އުފަލުން ގޮވާލިއެވެ. އަދި ލުބާއަށް އެންމެން ތަޢާރަފްކޮށްދިނެވެ. ހަމައެއާއެކު، އަކްމަލް އާއި މާޔާއަށް ވެސް ޝިނާން ލުބާ ތަޢާރަފްކޮށްދިނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެންގެ މެދުގައި ގާތްކަމާއި އެކުވެރިކަން އުފެދިގެން ދިޔައެވެ.
ވާހަކައިގެ ތެރެއިން އަކްމަލް ޚިޔާލެއް ދިނެވެ. “ހިނގާބަލަ އެންމެން ވެގެން ފްރެންޑްސް ގްރޫޕެއް ހަދަން، ދޯ؟”
އެ ޚިޔާލަށް އެންމެން ވެސް ވަރަށް ގަޔާވެ، އެއްބަސްވިއެވެ. ވަގުތުން ހަތަރު މީހުން ހިމަނައިގެން ސްނެޕްޗެޓުން ގްރޫޕެއް ހެދިއެވެ.
“މިއީ ދޭތެރެ ދޭތެރެއިން ޕިކްނިކް ހަދާލާ، މަޖާ ކަންތައްތައް ރާވާލާ ގްރޫޕެއް އިނގޭ،” ހިނިތުންވެލަމުން އަކްމަލް ބުނެލިއެވެ.
“މީ… އޭ ކޮބާ ކައިވެނި ކަންތައް؟” ޝިނާން ޝައުޤުވެރިކަމާއެކު އަކްމަލް ގާތު އަހާލިއެވެ.
“އޭ އަދި ދެ މަސް މަޑުކުރަން ޖެހިއްޖެ!” ކުޑަކޮށް މާޔޫސްވެފައިވާ ރާގެއްގައި އަކްމަލް ބުންޏެވެ.
“ކުއްލިއަކަށް އެއީ ކިހިނެއްވީ؟ ހީވީ ދެންމެ ދެންމެ މެރީ ކޮށްފާނެހެން!” ޝިނާން ހައިރާންވެފައި އަހާލިއެވެ.
އަކްމަލް ބޯޖަހާލުމަށްފަހު ބުނެލިއެވެ. “އާނ، މާޔާގެ ޑޭޑް ބުނީ އަދި މަޑުކޮށްލާށޭ. ގޭމީހުންނަށް ނެތޯ އަސްދެވޭކަށް. މިހާރު ދެން އަހަންނަށް ވެސް ތަންކޮޅެއް ސްޓްރެސް ފްރީ ވާނެ، އެހެންނޫނީ ތެޅިގަނެގެން އުޅެން މި ޖެހެނީ. ސޯ، އެހެން ހެދީ. ދޯ ބޭބް؟” އަކްމަލް ލޯތްބާއެކު މާޔާއަށް ދޯ ދިނެވެ.
“އޭ މާދަމާ ފްރައިޑޭ ނޫން؟ ލެޓްސް ގޯ، އަހަރެމެން ފްރެންޑްސް ގްރޫޕުގެ ފަސްޓް ޕިކްނިކް!” އަކްމަލް ކުއްލިއަކަށް އައު ޚިޔާލެއް ދިނެވެ.
“އޯކޭ، އެކަމަކު މާލެއަކަށް ނޫން!” ޝިނާން އަށާއި މާޔާއަށް އެއްފަހަރާ ބުނެލެވުނެވެ. އެއާއެކު އެންމެންގެ މެދުގައި މަޖާ ހުނުމެއްގެ އަޑު ގުގުމައިގެން ދިޔައެވެ.
“ހިނގާ ދިއްފުށްޓަށް ދާން! ގެސްޓްހައުސްތައް ވެސް ވަރަށް ސަޅި ވާނެ،” މާޔާ ޚިޔާލު ދިނެވެ.
އެ ޚިޔާލަށް އެންމެން ވެސް ވަގުތުން އެއްބަސްވިއެވެ. އަދި ދަތުރުގެ ކަންކަން ރާވަން ފެށިއެވެ.
“އޭ ކޮން ފްރައިޑޭއެއް؟ ސަރުކާރު ބަންދު ވީކެއްނުން ނެކްސްޓް ވީކަކީ. ލެޓްސް ގޯ ވީކަކަށް!” އަކްމަލް ފޯރިއާއެކު ބުނެލިއެވެ.
“ލުބާ އޯކޭތަ؟” ޝިނާން ލުބާ ގާތު އަހާލިއެވެ.
ލުބާ ހިނިތުންވެލަމުން “ޔެސް” އޭ ބުނެލުމުން، ޝިނާން ބުންޏެވެ. “އޯކޭ، އެހެންވީމާ ލެޓްސް ގޯ!”
އެންމެން ވެސް ނުހަނު ޖޯޝާއެކު ދަތުރުގެ ކަންތައްތައް ހަމަޖައްސަން ފެށިއެވެ. އެ ވަގުތު ލޯންޗުން ޓިކެޓް ވެސް ލިބުނީ އަކްމަލްގެ ރައްޓެހި ކައްޕިއެއް މެދުވެރިކޮށެވެ. ގެސްޓްހައުސް ގޮސްފައި ނަގާނީއޭ ބުނެ، އެންމެން ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ޝިނާން ސައިކަލު ފަހަތުގައި އިން ލުބާއާ ވާހަކަ ދައްކަން ފެށިއެވެ. “ބޭބް… ކީއްވެ ވާހަކަ ނުދައްކާ އިނީ؟ ދެން ނިއު ވީމަ،” ލުބާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
“އައްދޭ، އެކަމަކު މަ އޮފީހަށް ވަނީއްސުރެ އުޅުނު ގޮތް ހަނދާން ނުނެތޭ އިނގޭ. އައިމް ނޮޓް ނިއު!” ޝިނާން ލާނެތް ގޮތަކަށް ބުނެލިއެވެ.
“ދެން ބޭބް… ސްޓޮޕް!” ލުބާ ލަދުން އިނދެ ބުނެލިއެވެ.
“ޓްރައި ޓު ސްލީޕް އިނގޭ. 8 ޖަހާއިރު ލޯންޗު އިނީ. ދޮންތަ އެކަނި ވާނެ ދޯ؟” ޝިނާން އަހާލިއެވެ.
“ނޫން، އޯކޭ ވާނެ. އައި ވިލް ޓެލް ޝަރީފާއްތަ ޓު ކަމް،
އޯކޭ! ޝިނާނަށް ލުބާ ޖަވާބު ދިނެވެ.
އެހިސާބުން ދެމީހުން ވެސް ވާހަކަ ނިންމާލައި، އަނެއް ދުވަހު ފުރަން އޮތް ދަތުރަށް ތައްޔާރުވުމަށްޓަކައި އަވަހަށް ގެއަށް ދިޔުމަށް އަވަސްވެގަތެވެ

Leave a Reply