ހުނަރުވެރި ގިޓަރިސްޓް “ޝަހީދު ލެގަސީ” ގެ މިއުޒިކީ ދަތުރު

ކިޔާލާ.ކޮމް

ކިޔާލާ.ކޮމް ގެ “މީހުން” ސެގްމެންޓުން މިފަހަރު މި ގެނެސްދެނީ ދިވެހި މިއުޒިކީ ދާއިރާގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ، އެންމެންނަށްވެސް ފެނި ފަރިތަ މޫނެއް ކަމަށްވާ “ޝަހީދު ލެގަސީ” ގެ ވާހަކައެވެ. އޭނާއަކީ ގިޓާ ކުޅުމުގައި އާދަޔާޚިލާފު ހުނަރެއް ދައްކުވައިދީފައިވާ މޮޅު ގިޓަރިސްޓެކެވެ.

މި އިންޓަވިއުގައި ޝަހީދު ލެގަސީގެ ނަމުގެ ފަހަތަށް “ލެގަސީ” މި ނަން އައި ގޮތާމެދު ކިޔާލާ.ކޮމް އިން ވަނީ ސުވާލުކޮށްލާފައެވެ. އަދި ހަމައެއާއެކު، އޭނާ މި ދާއިރާއަށް ވަދެވިގެން ދިޔަ ގޮތާ ބެހޭގޮތުން ވެސް ޝަހީދާ ސުވާލުކުރެވުނެވެ.

މި ސުވާލުތަކަށް ހިނިތުންވެލުމަށްފަހު ޝަހީދު ޖަވާބުދެމުން ބުނީ، “އަހަރެން ކުޑައިރުއްސުރެ މިއުޒިކްގެ ތަފާތު ވައްތަރުތަކަށް ވަރަށް ލޯބި ކުރީމެވެ. ރޮކް އެންޑް މެޓަލް އަށް އެންމެ ފުރަތަމަ ތަޢާރަފްކޮށްދިން މީހަކީ އަހަރެންގެ ކުލާސްމޭޓެކެވެ. އަމިއްލަ މިއުޒިކެއް އުފައްދަން ބޭނުންވާކަން އަހަރެންނަށް އެނގެއެވެ. އެ ޝައުޤުވެރިކަމުގެ ސަބަބުން ސޯލޯ އަލްބަމްތައް ނެރެ، އޭޝިއާ އާއި ޔޫރަޕަށް ދަތުރުކޮށް، ރާއްޖޭގެ ޓްރޮޕިކަލް ރަށްތަކުން ގިޓަރިސްޓެއްގެ ގޮތުގައި މަޝްހޫރުކަން ހޯދީމެވެ.”

އޭނާގެ ފަންނީ ދަތުރު އިތުރަށް ފުޅާކުރަމުން ދިޔަ ގޮތް ހާމަކުރަމުން ޝަހީދު ބުނީ، 2019 ވަނަ އަހަރު އޭނާ ފިލްމީ ދާއިރާއަށް ނުކުތީ އެކި ޕްރޮޑަކްޝަން ހައުސްތަކަށް ފިލްމުތަކާއި ޓީވީ ސީރީޒްތަކުގެ އޮރިޖިނަލް ސްކޯތައް ތައްޔާރުކޮށްދީގެން ކަމަށެވެ. މީގެ އިތުރުން އެތައް އާޓިސްޓުންގެ މަސައްކަތުގައި ވެސް ބައިވެރިވެ، މިއުޒިކާއި ފިލްމް އިންޑަސްޓްރީގައި ކެރިއަރެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދީ، ގިނަ ކްރިއޭޓިވް ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެންމެ ކުޅެން ބޭނުންވާ މިއުޒިކް ޖޯންރާއަކީ ކޮބައިތޯ ކިޔާލާ.ކޮމް އިން އެހުމުން ޝަހީދު ބުނީ، އޭނާގެ މިއުޒިކީ މަސައްކަތް ފެށިގެން އައީ އަދި އެންމެ ބޮޑު ޝައުޤުވެރިކަމެއް އޮތީ ރޮކް އެންޑް މެޓަލް މިއުޒިޝަނެއްގެ ގޮތުގައި ކަމަށެވެ.

ޝަހީދު ލެގަސީ އަކީ މިއަދު ދިވެހިރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ، އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ފަންނާނެކެވެ.

މިއުޒިކީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ އާ އާޓިސްޓުންނަށް ނަސޭހަތްތެރިވަމުން ޝަހީދު ބުނީ، މި ދާއިރާއިން ކާމިޔާބީ ހޯދުމަށް އެންމެ މުހިންމު ކަމަކީ އަމިއްލަ އުފެއްދުންތެރިކަން (ކްރިއޭޓިވިޓީ) އިސްކުރުން ކަމަށެވެ. އަދި އަސަރުގަދަ މިއުޒިކެއް ނުވަތަ އަލްބަމެއް ނެރުމަށްޓަކައި މަޝްހޫރު ނަމަކަށް ނުވަތަ އަގުބޮޑު ‘އޭއޭއޭ’ ފެންވަރުގެ ސްޓޫޑިއޯއަކަށް ބަރޯސާވާން ނުޖެހޭނެއެވެ .

Be the first to comment

Leave a Reply

Your email address will not be published.


*